Roadha Mihaaru
ޑޮން އަކީ ކާކު ކަމެއް އަދި ނޭނގޭ

"ޑޮން 3" އިއުލާންކޮށްފި، އެކަމަކު ޑޮން އަކީ ކާކު ކަމެއް އަދި ނޭނގޭ

09 އޯގަސްޓް 2023

ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފިލްމު އިއުލާންކުރީ އޭގެ ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރި ފަރުހާން އަކްތަރެވެ.

އެ ފިލްމުގައި ޑޮންގެ ރޯލު ކުޅޭނީ ކާކު ކަމާއި އޭގެ ކާސްޓު އަދި އިއުލާންނުކުރެ އެވެ. ނަމަވެސް ފަރުހާން ބުނި ގޮތުގައި އެ ރޯލުން އަނެއްކާވެސް ފެންނާނީ އާ މޫނެކެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި އެ ރޯލު މިފަހަރު ލިބުނީ ރަންވީރު ސިންގަށެވެ.

ޑޮންގެ ފުރަަތަމަ ފިލްމު ގެނެސްދިނީ 1987 ގަ އެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބު ބައްޗަން އެވެ. ދެވަނަ ފިލްމު 2006 ގައި ގެނެސްދިން އިރު، އެ ފިލްމުގައި އެ ރޯލު ކުޅުނީ ޝާހްރުކް ހާން އެވެ.

އެ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ކާމިޔާބު ފިލްމުތަކެކެވެ.

"ޑޮން"ގެ ތިންވަނަ ފިލްމު ސިނަމާތަކަށް ގެންނަނީ 2025 ވަނަ އަހަރު އެވެ.