Roadha Mihaaru
20 އަހަރު ފަހުން މޮހައްބަތޭންގެ ތަރިން ވަރަށް ތަފާތު

20 އަހަރު ފަހުން މޮހައްބަތޭންގެ ތަރިން ވަރަށް ތަފާތު

25 ޖެނުއަރީ 2022

ބޮލީވުޑްގެ ސުޕަސްޓާރުން ކަމަށްވާ ޝަހްރުކް ޚާން އާއި އައިޝްވަރްޔާ ރާއީ އަދި އަމީތާބް ބައްޗަން ލީޑު ރޯލުތައް ކުޅެ 2000 ގައި ނެރުނު، ޓިޕިކަލް ހިންދީ ފިލްމުތަކުގެ ސްޓައިލް ބަދަލުކޮށްލާއި ޒުވާނުން ވަރަށް ޝައުގުވެރިކުރުވި "މޮހައްބަތޭން" އަކީ އަދިވެސް ވަރަށް ގިނަ މީހުންގެ ފޭވަރިޓެކެވެ. އެ ފިލްމަށް 20 އަހަރުވީއިރު، އޭގެ ކާސްޓުގައި ފެނުނު ތަރިން މިހާރު ވަރަށް ތަފާތެވެ.

ކޮލެޖެއްގެ ވަރަށް ހަރުކަށި ޕްރިންސިޕްއަކާ، ޓީޗަރަކާއި އަދި ދަރިވަރުންތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުމެއް ދައްކާ މި ލޯބީގެ މިއުޒިކަލް ފިލްމުގެ ސަޕޯޓިން ރޯލުތަކުން ދެން ފެނުނީ، މީގެން ބޮލީވުޑަށް ތައާރަފުވި، ޖިމީ ޝެރިގިލް، ޕްރީތީ ޖަންޖިއާނީ، ކިމް ޝަރްމާ، ޖުގަލް ހަންސްރާޖް، އުދޭ ޗޯޕްރާ އަދި ޝަމީތާ ޝެޓީ އެވެ.

އަދިތުޔާ ޗޯޕްރާ ލިޔެ، ޑައިރެކްޓުކުރި މި ފިލްމުން ލޯތްބާއި ދިރިއުޅުމުގެ ތަފާތު އިހުސާސެއް ކޮށްދިނެވެ. އެކަމަކު އެ ވާހަކަ ބާއްވާފައި މިފަހަރު މި އޮތީ އެ ފިލްމުގެ ސަޕޯޓިން ރޯލުތަކުން ފެނުނު ތަރިން މިހާރު ތިބޭ ގޮތެވެ.

ޖިމީ ޝެރިގިލް

ޕްރީތީ ޖަންޖިއާނީ

ކިމް ޝަރްމާ

ޖުގަލް ހަންސްރާޖް

އުދޭ ޗޯޕްރާ

ޝަމީތާ ޝެޓީ

މީގެ ތެރެއިން ބައެއް ތަރިން އަދިވެސް ފިލްމުތަކުން ފެންނައިރު، އަނެއް ބައި ތަރިން އެއްވަރަކަށް ވެސް ނުފެނެ އެވެ. އެންމެ ގިނައިން ފިލްމުތަކުން ފެންނަނީ ޖިމީ އެވެ. ޝިލްޕާ ޝެޓީގެ ކޮއްކޮ ކަމަށްވާ ޝާމީތާ މިހާރު ކަލާސް އިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އިން ފެނެ އެވެ.