Roadha Mihaaru
ޝާހު އޭނާގެ ދަރިފުޅު ސުހާނާއާ އެކު ފިލްމެއް ކުޅެނީ

ޝާހު އޭނާގެ ދަރިފުޅު ސުހާނާއާ އެކު ފިލްމެއް ކުޅެނީ

20 އޮކްޓޯބަރ 2023

ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ ކާމިޔާބު ތުރިލާ ފިލްމުތައް ޑައިރެކްޓްކުރި ސުޖޯއީ ގޯޝްގެ ފިލްމެކެވެ. ޝާހު އާއި ސުހާނާ ކުޅޭ ފިލްމަކީ ވެސް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފަށާނީ އަންނަ އަހަރު ނޮވެމްބަރު މަހުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

ފިލްމުގެ ނަމާއި އިތުރު ތަފުސީލު އަދި ނޭނގެ އެވެ.

ޝާހު، ސުހާނާ އެކު ފިލްމެއް ކުޅެން ނިންމި އިރު، ސުހާނާ ބޮލީވުޑަށް ތައާރަފުވާ ފިލްމު އަންނަ ޑިސެމްބަރު މަހު ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ "ދި އާޗީސް" އިންނެވެ. ނެޓްފްލިކްސް އަށް އަންނަ އެ ފިލްމު ރިލީޒްކުރަނީ އަންނަ ޑިސެމްބަރު މަހު ހަތެއްގަ އެވެ.

މި އަހަރަކީ ޝާހު އަށް ވެސް ކާމިޔާބު އަހަރެކެވެ. މި އަހަރު ޝާހުގެ ދެ ފިލްމެއް މިހާތަނަށް ނުކުތް އިރު، އެ ދެ ފިލްމަށް ވެސް ވަނީ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެއީ އެކްޝަން ފިލްމުތަކެއް ކަމަށްވާ "ޖަވާން" އާއި "ޕަތާން" އެވެ.

ޝާހުގެ އަދި އިތުރު އެއް ފިލްމު މި އަހަރު ނުކުންނާނެ އެވެ. އެއީ އަންނަ ޑިސެމްބަރު މަހު 22 ގައި ރިލީޒްކުރާ "ޑަންކީ" އެވެ. އެ ފިލްމަކީ ރާޖްކުމާރް ހިރާނީގެ ޑައިރެކްޝަނެކެވެ.