Roadha Mihaaru
"ޖަވާން"ގެ ޓީޒާގައި ޝާހު ވަރަށް ތަފާތު

"ޖަވާން"ގެ ޓީޒާގައި ޝާހު ވަރަށް ތަފާތު

11 ޖުލައި 2023

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޖަވާން"ގެ ޓީޒާ އިއްޔެ ނެރެފި އެވެ.

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޖަވާން"ގެ ޓީޒާ އިއްޔެ ނެރެފި އެވެ.

ދެ މިނެޓާއި 13 ސިކުންތުގެ މި ޓީޒާގައި ޝާހުގެ ވަރަށް ތަފާތު ލުކްތަކެއް ފެނުނެވެ. މީގެ ކުރިން ފިލްމެއްގައި އޭނާ ނުފެންނަ ގޮތަށެވެ. ބައެއް މަންޒަރުތަކުގައި ފެނުނީ ޝާހުގެ މޫނުމައްޗަށް ވަރަށް ބޮޑަށް އަނިޔާވެ، ބެންޑޭޖް އަޅާފައި ހުއްޓަ އެވެ. އަދި މި ޓީޒާ ނިމެންދަނިކޮށް ދެން ފެނުނީ އޭނާގެ ބޯ ތަލަކޮށް ހުއްޓަ އެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާއެކު ލީޑު ރޯލުތަކުން ފެންނާނީ، ދެކުނުގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ، ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ އެވެ.

ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަހުން އެ ފިލްމު ނެރެން ވަނީ ނިންމައިފަ އެވެ.

އަޑުފެތުރިފައިވާ ގޮތުގައި މި ފިލްމުގައި ޝާހު ކުޅެނީ ޑަބަލް ރޯލެކެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަކުން ފެށިގެންނެވެ.

ޝާހު އަންނަނީ "ޑަންކީ" ކިޔާ އިތުރު އެކްޝަން ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމު ރިލީޒްކުރާ ކުރަނީ އަންނަ ޑިސެމްބަރު މަހު އެވެ.