03 ނޮވެމްބަރ 2023
އަންނަ ޑިސެމްބަރު މަހު ސިނަމާތަކުގައި ދައްކަން ފަށާ ޝާހްރުކް ހާންގެ އާ ފިލްމު "ޑަންކީ"ގެ ފުރަތަމަ ޓީޒާ އިއްޔެ ނެރެފި އެވެ.
އަންނަ ޑިސެމްބަރު މަހު ސިނަމާތަކުގައި ދައްކަން ފަށާ ޝާހްރުކް ހާންގެ އާ ފިލްމު "ޑަންކީ"ގެ ފުރަތަމަ ޓީޒާ އިއްޔެ ނެރެފި އެވެ.
އެ ޓީޒާ ނެރުނީ ޝާހުގެ އުފަންދުވަހާ ދިމާކޮށެވެ. އިއްޔެ އަކީ ޝާހުގެ 58 ވަނަ އުފަންދުވަހެވެ.
ގާތްގަނޑަކަށް ދެ މިނެޓުގެ އެ ޓީޒާގައި ފެންނަނީ ޝާހުއާ އެކު އިތުރު ބަޔަކު ސަހަރާއެއް ހުރަސްކޮށްފައި ދަނިކޮށް، މީހަކު އެމީހުންނަށް ބަޑިން ހަމަލާ ދޭ ތަނެވެ. އަދި ފިލްމުގެ ލީޑު ކާސްޓުގައި ހިމެނޭ ބައެއް ތަރިންގެ ކުޑަ ތައާރަފެކެވެ.
ޝާހުގެ "ޑަންކީ" އަކީ ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންނާ ގުޅޭ ވާހަކަތަކަކަށް ބިނާކޮށް ގެނެސްދޭ ކޮމެޑީ ޑްރާމާ ފިލްމެކެވެ.
މި ފިލްމުގައި ޝާހުއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ތާޕްސީ ޕަންނޫ އާއި ވިކީ ކޯޝަލް، ދިއާ މިރްޒާ، ދަރުމެންދުރާ އަދި ބޮމަން އިރާނީ އެވެ. މި ފިލްމަކީ "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ޑައިރެކްޓުކުރި ރަޖްކުމާރު ހިރާނީގެ މަސައްކަތެކެވެ.
ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން ރަންބީރު ކަޕޫރުގެ "ސަންޖޫ" އެވެ. "ޑަންކީ" އަކީ ހިރާނީއާ އެކު ޝާހު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
މިއީ މި އަހަރު ނުކުންނަ ޝާހުގެ ތިންވަނަ ފިލްމެވެ. މިދިޔަ ޖެނުއަރީ މަހު ނެރުނު ޝާހުގެ "ޕަތާން" އާއި މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު "ޖަވާން" އަށް ވަނީ ބޮކްސް އޮފީހުގައި ރެކޯޑު އާމްދަނީއެއް ލިބިފަ އެވެ. އެހެންވެ، މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑެވެ.
ޝާހު އާއި ސުހާނާގެ ފިލްމަށް ކިޔަނީ "ދަ ކިންގް"
ޝާހުގެ އުފަންދުވަހު "ޖަވާން" ނެޓްފްލިކްސް އަށް
ޝާހު އޭނާގެ ދަރިފުޅު ސުހާނާއާ އެކު ފިލްމެއް ކުޅެނީ
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
ޝާހުގެ "ޖަވާން" އަށް 300 ކްރޯޑް ރުޕީސް ލިބިއްޖެ
ޝާހުގެ "ޖަވާން" ރިލީޒްކުރިތަނުން ލީކުކޮށްލައިފި
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ ނެރެފި
ޑޮން އަކީ ކާކު ކަމެއް އަދި ނޭނގޭ
"ޖަވާން"ގެ ޓީޒާގައި ޝާހު ވަރަށް ތަފާތު
އެކްސިޑެންޓެއްގައި ޝާހުއަށް އަނިޔާވެގެން ސާޖަރީއެއްކޮށްފި