ޝާހްރުކް ހާންގެ ކާމިޔާބު ފްރެންޗައިޒް "ޑޮން 3" ބަލައިލަން ކެތްމަދުވެފައި ތިބި މީހުން ބައިވަރެވެ. އެހެންވެ ތިން ވަނަ ބައި މަސައްކަތް ފަށާނެ އިރަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ގިނަ އެވެ.
09 މާޗް 2018
ޝާހްރުކް ހާންގެ ކާމިޔާބު ފްރެންޗައިޒް "ޑޮން 3" ބަލައިލަން ކެތްމަދުވެފައި ތިބި މީހުން ބައިވަރެވެ. އެހެންވެ ތިން ވަނަ ބައި މަސައްކަތް ފަށާނެ އިރަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ގިނަ އެވެ.
"ޑޮން" އަކީ ފަރްހާން އަހްތަރު ޑައިރެކްޓްކޮށް އޭނާގެ އެކްސެލް އެންޓަޓައިންމަންޓުން އުފައްދައި، ރިތޭޝް ސިދްވާނީ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ސީރީޒެކެވެ. އަމީތާބް ބައްޗަން އާއި ޒީނަތު އަމަން 1978 ގައި ކުޅުނު ފިލްމް "ޑޮން" ގެ ރިމެކިންއެއްގެ ގޮތުގައި ޝާހްރުކާއި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން "ޑޮން" ގެނެސް ދިނީ 2006 ގަ އެވެ.
އޭގެ ފަހުން މީގެ ދެވަނަ ބައި ހަމަ އެ ދެ ތަރިންނާ އެކު، ގެނެސް ދިނީ 2011 ގަ އެވެ. އޭގެ އަށް އަހަރު ފަހުން "ޑޮން 3" ގެ މަސައްކަތް އަންނަ އަހަރު ފަށާނެކަން ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ރަމޭޝް ބާލާ ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިއީ ޔަގީނުން ވެސް "ޑޮން 3" ގެ އިންތިޒާރު ކުރާ މީހުން ލައްކަ އުފާވާނެ ކަމެކެވެ.
. @iamsrk 's #Don3 will be shot extensively in #Dubai and #Abudhabi.. The movie is expected to go on the floors sometime in 2019..
— Ramesh Bala (@rameshlaus) March 7, 2018
A New Actress will play the leading lady role.. pic.twitter.com/l2IPPjT45Z
ރަމޭޝް ބާލާގެ ޓްވީޓް
ރަމޭޝް ކުރި ޓްވީޓެއްގައި ވަނީ ފިލްމްގެ ފަސްޓްލުކް ދައްކާލައި، އަންނަ އަހަރުގެ ތެރޭގައި "ޑޮން 3" ގެ ޝޫޓިން ފަށާނެ ކަމަށެވެ. އޭނާ ބުނީ މި ފަހަރު ފިލްމުން ފެންނާނީ އާ ބަތަލާއެއް ކަމަށެވެ.
މާނައަކީ ޕްރިޔަންކާގެ ބަދަލުގައި ފިލްމްގެ ބަތަލާގެ ރޯލުން މި ފަހަރު ޝާހްރުކްއާ އެކީ ފެންނާނީ އެހެން ބަތަލާއެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ބަތަލާގެ ރޯލް ވަނީ ދީޕިކާ ޕަދްކޯން އަށް ހުށަހަޅައިފަ އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން ފަރްހާން ވެސް އަދި ފިިލްމާ ގުޅުން އެހެން އެއްވެސް ފަރާތަކުން ވާހަކައެއް ނުދައްކަ އެވެ.
"ޑޮން 2" ގެ ވަރަށް ބޮޑު ބައި މެލޭޝިއާ އާއި ޖަރުމަންގައި ޝޫޓް ކުރި ނަމަވެސް "ޑޮން 3" ގެ ޝޫޓް ކުރާނީ ދުބާއީ އާއި އަބޫދާބީގަ އެވެ.
އަންނަ އަހަރު ފިލްމްގެ މަސައްކަތް ފަށަން ނިންމި ނަމަވެސް، ފިލްމް ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޝާހްރުކް މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ އާނަންދް އެލް ރާއީގެ "ޒީރޯ" އެވެ.
"ޑޮން 3" ގެނެސް ދެވޭނެ އިރެއް ނޭނގޭ: ރިތޭޝް
"ޑޮން 3" އާ ބެހޭ ވާހަކަތައް ފަރްހާން ދޮގުކޮށްފި
ޝާހު އާއި ޕްރިޔަންކާ މެޓް ގާލާއިން ބައްދަލުވަނީ؟
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ
ޑޮން އަކީ ކާކު ކަމެއް އަދި ނޭނގޭ
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ
ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި
"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް