ޝާހްރުކް ހާން ނެގަޓިވް ރޯލެއް ކުޅޭ "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ބައި ބަލައިލާ ހިތުން ތިބި މީހުން ބައިވަރެވެ. އެ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ރަމޭޝް ބާލާ މި މަހުގެ ކުރީކޮޅު ކުރި ޓްވީޓަކުންނެވެ.
28 މާޗް 2018
ޝާހްރުކް ހާން ނެގަޓިވް ރޯލެއް ކުޅޭ "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ބައި ބަލައިލާ ހިތުން ތިބި މީހުން ބައިވަރެވެ. އެ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ރަމޭޝް ބާލާ މި މަހުގެ ކުރީކޮޅު ކުރި ޓްވީޓަކުންނެވެ.
އޭނާ ބުނި ގޮތުގައި ފިލްމްގެ ސްކްރިޕްޓް މިހާރު ނިންމައި، އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ވަނީ ނިންމައިފަ އެވެ. އަދި ފިލްމްގެ ބޮޑު ބައެއް ޝޫޓް ކުރާނީ ދުބާއީ އާއި އަބޫދާބީގައި ކަމަށް ބުނެފައިވެ އެވެ. އަދި ތިން ވަނަ ބައިން ޝާހްރުކާ އެކު ބަތަލާއެއްގެ ގޮތުގައި ފެންނާނީ، ޕްރިޔަންކާ ޗޯޕްޅާ ނޫން ކަމަށް ވެސް ރަމޭޝް ބުނެފައިވެ އެވެ.
. @iamsrk 's #Don3 will be shot extensively in #Dubai and #Abudhabi.. The movie is expected to go on the floors sometime in 2019..
— Ramesh Bala (@rameshlaus) March 7, 2018
A New Actress will play the leading lady role.. pic.twitter.com/l2IPPjT45Z
ރަމޭޝް ބާލާގެ ޓްވީޓް.
މި ވާހަކަތަކާ އެކު މި ހަފުތާގައި "ޑޮން 3" އާ ބެހޭ ގޮތުން ތިލަވި ވާހަކަތަކުގެ ތެރޭގައި ފިލްމްގައި ފުލުހެއްގެ ރޯލުން ޑައިރެކްޓަރު ފަރްހާން އަހްތަރު ވެސް ފެންނާނެ ކަމަށާއި ފިލްމް 2020 ގައި ސިނަމާތަކަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އެ ވާހަކަތަކާ އެކު ފޭނުން ވަރަށް އުފަލުން ތިއްބައި، ފަރްހާން ކުރި ޓްވީޓެއްގައި ވަނީ "ޑޮން 3" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ފިލްމާ ބެހޭ ގޮތުން ތެދު ނޫން މައުލޫމާތުތައް ނުފެތުރުމަށް އޭނާ އެދިފައިވެ އެވެ.
Request those who conjure up news about #Don3 without any fact checking to please refrain.
— Farhan Akhtar (@FarOutAkhtar) March 27, 2018
It is not fair to raise expectations of the films fanbase via false news.
ފަރްހާންގެ ޓްވީޓް.
ފަރްހާންގެ އެ ޓްވީޓްގެ ބަސްމަގަށް ބަލާ އިރު، ކައިރި މުސްތަގުބަލެއްގައި "ޑޮން 3" ފެނުމުގެ ފުރުސަތެއް ނެތޭ ބުނެވި ދާނެ. އެކަމަކު އޭނާ ވަނީ ތިން ވަނަ ބައި ގެނެސް ދޭނެކަން ކުރިން ކަށަވަރުކޮށް ދީފަ އެވެ. "ޑޮން 2" އަށް ފަހު، ފަރްހާން މިހާތަނަށް އެއްވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެ އެވެ. އޭގެ ފަހުން އޭނާ މުޅިން ވެސް ފެންނަނީ އެކްޓަރެއްގެ ގޮތުގައި ކެމެރާގެ ކުރިމަތިންނެވެ.
އަމީތާބް ބައްޗަން އާއި ޒީނަތު އަމަން 1978 ގައި ކުޅުނު ފިލްމް "ޑޮން" ގެ ރިމެކިންއެއްގެ ގޮތުގައި ޝާހްރުކާއި ޕްރިޔަންކާ ހިމަނައިގެން "ޑޮން" ގެނެސް ދިނީ 2006 ގަ އެވެ. އޭގެ ފަހުން ދެވަނަ ބައި ހަމަ އެ ދެ ތަރިންނާ އެކު ގެނެސް ދިނީ 2011 ގަ އެވެ.
ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި އަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އިންނެވެ.
"ޑޮން 3" ގެނެސް ދެވޭނެ އިރެއް ނޭނގޭ: ރިތޭޝް
"ޑޮން 3" ގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ޝާހު އާއި ޕްރިޔަންކާ މެޓް ގާލާއިން ބައްދަލުވަނީ؟
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ
ޑޮން އަކީ ކާކު ކަމެއް އަދި ނޭނގޭ
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ
ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި
"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް