ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައަޅައި އަދި އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައަޅައި އަދި އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ރައްުޔިތުންގެ މަޖިލިހާ ވެސް ހިއްސާ ކުރާ ގޮތަށް ގާނޫނުގައި ހިމަނުއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އޭގެ ބޭނުމަކީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުން ގެނައުމެވެ.
ސިޔާސީ މަގާމުތައް ގިނަވުމަކީ މިހާރު ވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމެކެވެ. މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަން ތަފާސްހިސާބުތަކުން ދައްކާއިރު އެއީ މިހާތަނަށް އެންމެ ގިނަ މީހުން ފާޑުކިޔާ އެއް ކަންތައް ވެސް މެ އެވެ.
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިތުރު އިސްލާހުތައް ވެސް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.
2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.
3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.
4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު "ފްރީޒްކޮށް" އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.
5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.
6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.
ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ރަށު ކައުންސިލެއް އެކަނި އޮތުމުން މާ ރަނގަޅަށް ރަށްރަށުގެ ކަންކަން ހިންގޭނެ އެވެ.
ގާނޫނުއަސާސީ އަށް ގެންނަން ނިންމާފައިވާ އެ މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ އިރެއް ރައީސް މިއަދު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ، މި އަހަރު 30 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށެވެ.
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް
ތޮއްޑޫ ކައުންސިލުން ޓީއެލްއޭސީއަށް ވެހިކަލް ހަދިޔާކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް
ހިދުމަތްކުރަން ލިބުމުން ރައީސަށް ޝުކުރުވެރިވަން:ފައިސަލް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ފުރާވަޑައިގެންފި