ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރު ކޮށްދިނުމަށް ގިނަ ބަޔަކު އެދޭތީ އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރު ކޮށްދިނުމަށް ގިނަ ބަޔަކު އެދޭތީ އެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ ސްކީމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މިއަދަށެވެ.
ނަމަވެސް މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 8 އިން ފެށިގެން ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ތިން ސްކީމަށް ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭއިރު އެއީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ. އެހެންވެ، ހިޔާވަހި ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ އެ މުއްދަތު މޭ 31 އާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހެޅުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.
އެއީ، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
"އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ވާހަކަ ދަންނަވަމެވެ،" އޭނާ ވިދާޅުވި އެވެ.
• ލޯނު ދޭނީ އިސްލާމިކް ފައިނޭސިންގެ އުސޫލުން ފަސް ޕަސެންޓުގެ ޕްރޮފިޓް ރޭޓުގައި.
• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.
• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.
• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ. އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.
ހިޔާވަހި ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތް ހަދަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް މަޝްރޫއު ހިންގަނީ 25 މިލިއަން ޑޮލަރު ލޯނަކުން
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ފްލެޓް ލިސްޓަށް ޝަކުވާގެ މުއްދަތު އިތުރުކޮށްފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
"ކުރީގެ ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުލިބޭނެ"
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު