Roadha Mihaaru

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސަކަށް މުޖުތާޒު އައްޔަން ކުރަން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ އެ ކޮމިޝަންގެ ނައިބު ރައީސަކަށް، އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި މުހައްމަދު މުޖުތާޒް ހަމަހައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ސީއެސްސީގެ ނައިބު ރައީސަކަށް މުޖުތާޒަށް ރުހުންދީފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

30 އެޕްރީލް 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ އެ ކޮމިޝަންގެ ނައިބު ރައީސަކަށް، އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި މުހައްމަދު މުޖުތާޒް ހަމަހައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައިވާ މުޖުތާޒް ސީއެސްސީ އަށް އައްޔަންކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

މުޖްތާޒް އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރުމަށް ފޮނުވުމާ ގުޅިގެން، މަޖިލީހުން އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން އޮތް ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުޖްތާޒަކީ އިބްރާހިމް ރަޝީދުގެ ބަދަލުގައި ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރެވެ.

މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.