ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުހައްމަދު މުޖުތާޒް އަދި ނައިބުރައީސަކަށް އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
15 ސެޕްޓެމްބަރ 2025
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުހައްމަދު މުޖުތާޒް އަދި ނައިބުރައީސަކަށް އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މުޖުތާޒާއި ނާސިހަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިއަދު އެވެ. މަޖިލީހުގައި މިއަދު ބޭއްވި ދައުރުން ބޭރުގެ ފަސްވަނަ ޖަލްސާގައި ރައީސްގެ އެ ހުށަހެޅުއްވުން އިއްވުމަށް ފަހު ދިރސާކުރަން އެ ހުށަހެޅުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވި އެވެ.
އެ ހުށަހެޅުން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ، އެ ދެބޭފުޅުންނާ ވެސް އިންޓަވިއުކޮށްގެން ކޮމިޝަނަށް އައްޔަންކޮށްފައި ވާތީ އިތުރަށް އިންޓަވިއު ނުކުރުމަށެވެ. އެހެންވެ، އެ ދެބޭފުޅުންނަށް ވެސް ރުހުން ދޭން ނިންމީ އެވެ.
އެ ދެބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރެކެވެ.
ސީއެސްސީގެ ރައީސަކަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދިން މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސީއެސްސީގެ ނައިބަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނަން ހުށަހެޅުއްވި ނާސިހު މިހާރު ހުންނެވީ އެ ކޮމިޝަނުގެ ރައީސަކަށެވެ. އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. އެހެންވެ، މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
ރިޔާސީ ދައުރެއް މިސަރުކާރަކުން ނުދަންމާނެ: ފަލާހް
އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފޮނުއްވައިފި
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
ސީއެސްސީއަށް ނާސިހާއި ދީބާ އަދި ފާއިޒް އައްޔަންކުރަނީ