ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ މިންވަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުމާ ގުޅިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ މިންވަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުމާ ގުޅިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެ ބޭންކުން މި މަހު ނެރުނު އެންމެ ފަހުގެ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު ޓޫރިޒަމަށް އައި ކުރިއެރުން މި އަހަރަށް ވެސް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.
ވެލާނާ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ މެދެއްހާ ތަނެއްގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށް ބެލެވޭއިރު، އާ ޓާމިނަލާ އެކު، ޓޫރިޒަމަށް އައި ކުރިއެރުން ދެމެހެއްޓޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު، މި އަހަރުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވޭ ނިސްބަތް 5.7 ޕަސެންޓުގައި ހުރި އިރު، އަންނަ އަހަރު އެ ނިސްބަތް 5.3 ޕަސެންޓު އަދި 2027 ގައި 4.7 ގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަންދާޒާތަކަށް ވުރެ އިތުރަށް، އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނެކަމަށް ބަލާފައިވަނީ، ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ޓޫރިޒަމް ރަނގަޅުވެފައިވާތީ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އަންދާޒާތަކަށް ވުރެ ރަނގަޅަސް، ރާއްޖެ އަށް ކުރިމަތިވެފައިވާ ހިރާސްތައް ބޮޑުކަމުގެ ކަންބޮޑުވުން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މިދިޔަ އަހަރު ހުރި 1.4 ޕަސެންޓުން މި އަހަރު 4.3 ޕަސެންޓަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފަ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން، ދައުލަތުގެ ދަރަނި 134.2 ޕަސެންޓުން 2027 ވަނަ އަހަރާ ހަމައަށް 135.7 ޕަސެންޓަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ، މިދިޔަ އަހަރު ހުރި 424.3 މިލިއަން ޑޮލަރުން، އެއް ބިލިއަން ޑޮލަރަށް މި އަހަރު އަރާނެ ކަމަށް ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކަ އެވެ.
މި ހިރާސްތަކުން އަރައިގަތުމަށް، ސަރުކާރުން މިހާރު ފަށާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވޯލްޑު ރިޕޯޓުގައި ވަނީ އަލިއަޅުވާލައިފަ އެވެ.
ޓީޖީއެސްޓީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކްސްތަކަށް މިދިޔަ އަހަރު ގެނައި ބަދަލުތައް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރަން ގެންނަން ރާވާފައިވާ ސަބްސިޑީ އާއި އާސަންދަ ދިނުމުގެ އުސޫލު ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރަން ވޯލްޑް ބޭންކުން އިލްތިމާސްކޮށްފައިވެ އެވެ.
ސަރުކާރުން އަންނަނީ އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
"އިގްތިސާދު ކުރިއަށް، އެކަމަކު ދަރަނީގެ ރިސްކު ބޮޑު"
ޖީޑީޕީ ކުރިއެރިޔަސް އޮތީ ދަރަނި ބޮޑުވުމުގެ ބިރު!
ސަބްސިޑީ ހޭދަ ދަށް، އެކަމަކު އާސަންދަ ކުޑަނުވެ މައްޗަށް
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ފިޗް އިން ރާއްޖެއަށް ދިނީ "ސީސީ" ރޭޓިން އެއް
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން