ސަލްޓަން ޕާކް ހައުސިން މިނިސްޓްރީ ދަށަށް ބަދަލުކުރި ފަހުން އެތަން ސާފުކޮށް ބެލެހެއްޓުމާއި އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭނިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
26 އެޕްރީލް 2025
ސަލްޓަން ޕާކް ހައުސިން މިނިސްޓްރީ ދަށަށް ބަދަލުކުރި ފަހުން އެތަން ސާފުކޮށް ބެލެހެއްޓުމާއި އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭނިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ސަލްޓަން ޕާކުގެ ބައެއް ތަންތަން މަރާމާތު ކުރުމަށްޓަކައި، އެތަންތަނަށް ނުވަދެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ބަންދު ކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އޭގެފަހުން އެތަނުގެ އެއްވެސް މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ.
އެކަމާގުޅިގެން މިނިސްޓަރު މުއްތަލިބް ކުރެއްވި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަން ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގައި މިނިސްޓްރީން އެދިގެން އެ ޕާކު އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސިޓީ ކައުންސިލުން ސަލްޓަން ޕާކު ބަންދުކޮށްފައި--- ފޮޓޯ: ނިޝާން އަލީ | މިހާރު
އެތަން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން އެދުނީ ސަލްޓަން ޕާކްގެ ބައެއް ބަންދުކުރިތާ ގިނަ ދުވަސްތަކެއްވުމުގެ އިތުރުން އެތަން ވީރާނާވެ އަދި ކުށްކުރާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެފައިވާތީ އާއި މަދިރި އުފެދޭ ގޮތަށް އެ ތަން ދޫކޮށްލާފައިވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީއާ އެ ތަން ހަވާލުކުރި ފަހުން މިދިޔަ ދެ މަސް ދުވަސް ތެރޭގައި ޕާކުތެރެ ސާފު ކުރުމާއި އެތަން ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސަލްޓަން ޕާކުން ބަންދުކޮށްފައިވާ ސަރަހައްދެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ އިތުރުން އޭނާ ވިދާޅުވީ ޕާކުގެ ސާވޭ ކޮށްފައިވާ ކުރެހުމެއް ނެތުމުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާކުގެ ޑިވެލަޕްމަންޓް ޕްލޭން ފައިނަލްކުރެވި އެތަން ބައިތައް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓްރީން ސަލްޓަން ޕާކުގެ މަސައްކަތާ ހަވާލުވެފައި ވާއިރު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ ސަލްޓަންޕާކު އަލުން ތަރައްގީ ކުރާނީ އެންމެންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށެވެ.
މަރާމާތުކުރުމަށް ކަމަށް ބުނެ ސަލްޓަން ޕާކު ބަންދުކޮށްފައިވާ ސަރަހައްދެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަލްޓަންޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ. ރައީސް ވިދާޅުވެފައިވަނީ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.
40ބިލިއަންގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި:މުއްތަލިބު
"ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ މަގު ހަދާނެ"
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
"ބަޖެޓް ތާށި، އެކަމަކު މަޝްރޫއުތަކެއް ނިންމިއްޖެ"
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ