28 އޮކްޓޯބަރ 2024
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި މި ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން އެކަށީގެންވާ ފައިސާ ހިމަނާފައި ނުވި ނަމަވެސް، މި އަހަރުގެ މިހާތަނަށް 37 މަޝްރޫއު ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި މި ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން އެކަށީގެންވާ ފައިސާ ހިމަނާފައި ނުވި ނަމަވެސް، މި އަހަރުގެ މިހާތަނަށް 37 މަޝްރޫއު ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަ ކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން އެ މިނިސްޓްރީން ހިންގަން 39 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގައި މިދިޔަ ސަރުކާރުން ސޮއިކޮށްފައިވެ އެވެ. އެއީ 322 މަޝްރޫއު އެވެ.
އެކަމަކު މި މަޝްރޫއުތައް ހިންގަން ބަޖެޓްގައި ހިމަނާފައި އޮތީ 3.6 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ
އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރު މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާގެ އެންމެ 15-20 ޕަސެންޓެވެ.
"އަޅުގަނޑުމެންނާ އެންމެ ގިނައިން ކުރެވޭ ސުވާލަކީ ކީއްވެގެންތޯ ޕްރޮޖެކްޓްތައް ނުހިނގަނީ. އޭގެ ސާފު ޖަވާބަކީ ސޮއިކޮށްފައި ހުރި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައި ނެތުން. އަޅުގަނޑުމެންނަށް ހަރަދު ކުރެވެން އަންނަނީ ބަޖެޓްގައި ކަނޑައަޅާފައިވާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބް، މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
މުއްތަލިބް ވިދާޅުވީ ބަޖެޓުގެ ތާށިކަން ހުރި ނަމަވެސް އެ މިނިސްޓްރީން މަސައްކަތް ކުރީ ވީހާވެސް ގިނަ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ކަމަށެވެ.
ނަމަވެސް، މިނިސްޓްރީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕެންޑިން ބިލްތަކުގެ ގޮތުގައި 1.72 ބިލިއަން ރުފިޔާ މިނިސްޓްރީގައި ހުރުން ކަމަށް ވިދާޅުވި އެވެ.
"ބަޖެޓްގެ ތާށިކަމާ އެކު ވެސް ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވި ނިންމިފައިވޭ. އެގޮތުން ބަނދަރުގެ ހަތަރު މަޝްރޫއަކާއި ބިން ހިއްކުމުގެ އެއް މަޝްރޫއު އާއި މަގު ހެދުމުގެ މަޝްރޫއު އަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތިން މަޝްރޫއުއަކާއި ފެނާއި ނަރުދަމާގެ 29 މަޝްރޫއުއެއް ވަނީ ނިމިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށް ދަނީ.
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި 37 މަޝްރޫއުއެއް ނިންމާފައިވާއިރު، އެއީ 1.976 ބިލިއަން ރުފިޔާގެ މަޝްރޫއު އެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 21 މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ފާސްކުރީ ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ ބަޖެޓްގައި 3،000 އަށް ވުރެ ގިނަ މަޝްރޫއު ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ބަޖެޓް ހުށަހަޅައި، އާންމުކުރި ރިޕޯޓުގައިވާ ގޮތުން އާ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 144 ޕްރޮޖެކްޓަކީ މިހާރު ވެސް ހިންގަމުން އަންނަ މަސައްކަތްތަކަށް ވާތީ، ބަޖެޓުގައި މުޅިން އަލަށް ފަށަން ހުށަހަޅާފައިވަނީ އާ ސަރުކާރުގެ 314 ޕްރޮޖެކްޓެވެ.
އާ ސަރުކާރުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ މަގު ހެދުމާއި އެއާޕޯޓު އެޅުމާއި ބިން ހިއްކުމާއި ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކުގެ މަސައްކަތްތަކުގެ އިތުރުން މިސްކިތް އިމާރާތް ކުރުން ފަދަ މަޝްރޫއުތަކެވެ.
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން