18 ސެޕްޓެމްބަރ 2024
ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން އަޅާ ބްރިޖު އެޅުމަށް ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހަދަން އިއްޔެ މަޝްވަރާކޮށްފި އެވެ.
ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން އަޅާ ބްރިޖު އެޅުމަށް ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހަދަން އިއްޔެ މަޝްވަރާކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ވަފުދުގެ އިސްބޭފުންނާއި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ތިލަފުށްޓާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ގުޅުވާލަން ބްރިޖު އެޅުމަށް ޕްރީ-ފީސިބިލިޓީ ސްޓާޑީއެއް ހެދުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މި ޕްރޮޖެކްޓަކީ މި ސަރަހައްދު ގުޅުވާލައި އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ މަސައްކަތެއް،" މިނިސްޓްރީން ބުންޏެވެ.
Today, Minister Dr. Abdulla Muththalib met with the Senior Officials of the Asian Infrastructure Investment Bank (AIIB) Mission, where discussions centered around conducting the pre-feasibility study for the Thilafushi to UTF Bridge Project via Giraavaru. This project is set to… pic.twitter.com/VZUZI3rljc
— Ministry of Construction and Infrastructure (@MoCImv) September 17, 2024
މިނިސްޓަރު މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި ތިލަފުށިން އުތުރުތިލަފަޅަށް ގުޅުވާލުމަށް މާލެ އާއި ވިލިމާލެ އާއި ތިލަފުށި ގުޅުވާލަން ހަދާ "ތިލަމާލެ ބްރިޖަށް" ވުރެ ބޮޑު ބްރިޖެއް އަޅަން ޖެހެ އެވެ.
ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެގޮތުން 2026 ވަނަ އަހަރު މަސައްކަތް ފަށައި، ތިން އަހަރުން މަޝްރޫއު ނިންމޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ތިލަފުއްޓާއި ގިރާވަރުފަޅު ބްރިޖަކުން ގުޅުވާލުމުގެ ވިސްނުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ގެންގުޅުނެވެ. ނަމަވެސް، އެ މަސައްކަތް އެއްވެސް ބަޔަކާ އޭރު ހަވާލުކޮށްފައެއް ނުވެ އެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، އެމްއެންޑީއެފްގެ ޑޮކްޔާޑެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން އެ ސަރުކާރުން ނިންމި އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ނިންމުން ބަދަލުކޮށް، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއުއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވައިފަ އެވެ.
ކުރީގެ ސަރުކާރުން ގިރާވަރުފަޅު ހިއްކަން ފެށީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. ނަމަވެސް އެތަން އަދި އެއްކޮށް ހިއްކާ ނުނިމެ އެވެ.
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
މޫސުމުގެ ހުރަސްއެޅުނަސް، ބްރިޖު ތާރީހަށް ނިމޭނެ
ގިރާވަރުފަޅު ހިއްކުން ހުއްޓުނީ ފައިސާ ނުދައްކާ އޮތުމުން
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން
މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފިން: ސަރުކާރު