ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކަން 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ހަރަދުކުރިއަސް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
15 ޖުލައި 2025
ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކަން 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ހަރަދުކުރިއަސް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ބޭއްވި "އަހާ ފޯރަމް" ގައި އާއްމު މީހަކު ކުރި ސުވާލަކާ ގުޅިގެން މުއްތަލިބު ވިދާޅުވީ ގިރާވަރުފަޅު އަދި ހުޅުމާލެ 3 ހިއްކަން، ކުރީގެ ސަރުކާރުން ދެ ކުންފުންޏެއް މެދުވެރިކޮށް ހަވާލުކޮށްފައިވަނީ އެއް ކޮންޓްރެކްޓަރާ ކަމަށެވެ. އެއީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އެވެ.
އޭގެ ތެރެއިން، ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ދީފައިވަނީ ސަރުކާރުގެ ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނުންނެވެ. ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރު ބިން ހިއްކަން ހަވާލުކުރީ އެޗްޑީސީންނެވެ.
މުއްތަލިބު ވިދާޅުވީ ގުޅިފަޅުން ގޯތި ދޭ ގޮތަށް ގިރާވަރުފަޅުން ވެސް އަވަހަށް ގޯތި ދޭން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކޮށް ރަޖިސްޓަރީ ހަދަން ފެށިއަސް ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ހިއްކުމުގެ މަސައްކަތް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ކުރީގެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ. އޭގެ ތެރެއިން، ގިރާވަރުން ގޯތި ލިބުނު މީހުންގެ ބައެއް ގޯތިތައް ވަނީ ގުޅިފަޅަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެގްރިމެންޓު ހަދައި އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެ ފަހަރެއްގެ މަތިން 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ އެގްރިމެންޓް ހަދާފައި އޮތް ގޮތުން އެޑްވާންސް ފައިސާ ދިނުމުން ވެސް އެ ފަރާތުން ޑިމާންޑުކުރީ، މުއްތަލިބު ވިދާޅުވި ގޮތުގައި އޭރު ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދިނުމަށެވެ.
ޕީއެސްއެމުން ބޭއްވި އަހާ ފޯރަމްގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން މި ސަރުކާރުން އިތުރު 15 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ. ނަމަވެސް އެ ފަރާތުން ޑިމާންޑުކުރި އަދަދަށް ފައިސާ ނުދިނުމުން މަޝްރޫއު ވަނީ މަޑުޖެހިފަ އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން އެ ފަރާތުން ހިއްކާފައި ވަނީ 20 މިލިއަން ޑޮލަރަށް ވާ ވަރަށް މަސައްކަތް ކޮށްފައިވަނީ. ނަމަވެސް، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 20 މިލިއަން ޑޮލަރު ދީފައި އޮތީމަ އެ ބޭފުޅުން 15 މިލިއަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް ބޭނުމެއް ނުވި،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީއެމްސީސީއާ އެކު ހަދާފައިވާ އެގްރިމެންޓު ބާތިލްކުރަން އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް ވެސް އެކަމަށް ހައްލެއް ނާދެ އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ކޮންޓްރެކްޓަރަށް ބަދަލެއް ނުދީ އެގްރިމެންޓު ބާތިލްކުރުމަށެވެ. ނަމަވެސް، މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ހަވާލާދީ އޭނާ ވިދާޅުވީ ސީއެމްސީސީން އަބަދު ވެސް ކޮންޓްރެކްޓު ހަދާފައި ހުންނަނީ އެއްބަސްވުން ބާތިލްކުރުމުގެ ވިސްނުމުގައި ކަމަށެވެ. އެ އަށް ފަހު، ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ އާބިޓްރޭޝަނަށް ހުށަހަޅައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އުސޫލުތަކުގެ ތެރެއިން ރަނގަޅަށް އެގްރިމެންޓު ބާތިލްކުރަންޖެހޭ ކަމަށާއި އެހެން ނޫނީ މި ފަހަރު ވެސް ބޮޑެތި ބަދަލުތައް ދޭންޖެހިދާނެ ކަމަށާއި އެގްރިމެންޓު އޮތީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތްކުރަނީ އެގްރިމެންޓު ޓާމިނޭޓުކުރެވޭހާ އަވަހަކަށް އަޅުގަނޑުމެންނަށް ގިރާވަރުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އަންގާނީ ޕޯޓަލް އިން
ހިޔާފްލެޓް އަތުލި މީހުންނަށް ފުރަތަމަ މަޝްރޫއުން ފްލެޓް
ފްލެޓް އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
ހިޔާވެހި ލޯނު ދޫކުރަން ބީއެމްއެލްއާއެކު އެއްބަސްވުމެއް
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ