އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ވީޑިއޯއެއް، ޝަމްއާންގެ އަތުގައި އޮތްކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.
24 އެޕްރީލް 2025
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަހީދު ވަކިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ވީޑިއޯއެއް، ޝަމްއާންގެ އަތުގައި އޮތްކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.
ޝަމްއާނާ ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ފަހު، އާއިލާއިން ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ 20 ގައި ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރުމަކީ އިއްތިފާގެއް ނޫން ކަމަށެވެ. އޭގެ ކުރިން ހިނގައިދިޔަ ކަންތައްތަކުގައި މިނިސްޓަރުގެ މައްޗަށް ބޮޑެތި ތުހުމަތުތަަކެއް ކޮށްފައިވެ އެވެ.
އޭގެ ތެރެއިން ކޮންޓްރޯލަރު ވަކިކުރި ދުވަހުގެ ކުރީ ދުވަހު އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ ބިދޭސީ މީހާ އެ ތަނުގެ ބަންދަށް ގެންދިއުމުން އިހުސާން، ޝަމްއާނަށް ގުޅުއްވައި ބިދޭސީ މީހާގެ ފޯނު ވަކި ފުލުހަކާ ހަވާލުކުރަން އެންގެވި ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.
ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުން ކަމަށް ޝަމްއާން ވިދާޅުވުމުން އަޑުގަދަކޮށް ހަޅޭލެވުމަށް ފަހު އިހުސާން ފޯނު ބޭއްވީ ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ ބިދޭސީ މީހަކީ މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންގެ މުއާމަލާތްތަކެއްގައި ބައިވެރިވާ މީހެކެވެ. ޝަމްއާން މަގާމުން ވަކިކުރީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް އާއްމުންނަށް ހިއްސާ ކުރާނެ ކަމުގެ ބިރަށް، އެ މައްސަލަތަކަށް ފަސްއެޅުމަށް ކަމަށް ވެސް ބުންޏެވެ.
އޭނާ މަގާމުން ވަކިކުރަން އިހުސާން އުޅުއްވި އަނެއް ކަމަކީ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އިހުސާންގެ ވީޑިއޯއެއް އޮތުމެވެ.
"ޝަމްއާން ވަޒީފާއިން ދުރުކޮށް، ޝަމްއާން ބަންދުކުރެވޭނެ ގޮތެއް ހޯދަން މިނިސްޓަރު އިހުސާން މަސައްކަތްކުރަން ފެށި އިތުރު ސަބަބަކީ ޝަމްއާންގެ އަތުގައި މިނިސްޓަރު އިހުސާންގެ 'ވީޑިއޯއެއް' އޮތްކަމުގެ މައުލޫމާތު މިނިސްޓަރު އިހުސާނަށް އެކި ގޮތްގޮތުން ލިބުނު ހިސާބުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
"ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެލިތައް ވުޖޫދުކޮށް ޝަމްއާން ހައްޔަރުކޮށް 'ވާނުވާ' ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުންނެވެ."
އިހުސާން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހާޒިރުކުރުމުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޝަމްއާން ބަންދު ކޮށްފައި ހުރީ އިހުސާންއާ ދެމެދު ޖެހުނު ޒާތީ މައްސަލައަކާ ގުޅޭ ގޮތުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ޝަމްއާންއާ އެކުގައި މަސައްކަތް ކުރެއްވިއިރު ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އެކަމަކު، ކިތަންމެ ގާތް ބޭފުޅަކަސް ގާނޫނާ ހިލާފުވާ ހިސާބުން އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމާ ގާނޫނު ތަންފީޒު ކުރަމުންދާއިރު އެ މީހާ ހުރި މަގާމެއް އަޅުގަނޑުމެން ނުބަލާނަން،" އިހުސާން ވިދާޅުވި އެވެ.
އެ ވާހަކަތާ ގުޅިގެން އާއިލާއިން ބުނީ ޝަމްއާނަށް ނިސްބަތްކޮށް ނުސީދާކޮށް ބަދު ބަހުން އިހުސާން ވާހަކަ ދެއްކެވުމަކީ ވެސް ޝަމްއާނާ ދޭތެރޭގައި އިހުސާންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.
ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަން ޝަމްއާންގެ ކުށުގެ ރެކޯޑު ސާފުކުރަން ފުލުހުންނަށް ހުށަހެޅުމުން، އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް މިދިޔަ ފެބްރުއަރީ 2 ގައި ފުލުހުން ދޫކޮށްފައިވާ ކުށުގެ ރިކޯޑުގައި އޮތް ކަމަށް ބުންޏެވެ. އެކަމަކު، މިހާތަނަށް ވެސް އެފަދަ އެއްވެސް ތުހުމަތެއް ކޮށްފައި ނުވާތީ، ޝަމްއާން އެ މައްސަލަ އިހުސާންގެ ސަމާލުކަމަށް ގެންނެވި އެވެ.
"ކުށުގެ ރިކޯޑާ އެކު މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްދަލުކުރުމުން އެއީ 'އިދާރީ އޮޅުމަކުން' ހިނގާފައިވާ ކަމެއް ކަމަށް މިނިސްޓަރު އިހުސާން ބުނެފައިވެ އެވެ. އަދި ވަގުތުން ކޮމިޝަނާ އޮފް ޕޮލިސް މިނިސްޓްރީއަށް ހާޒިރުކޮށް، ކުށުގެ ރިކޯޑު އިސްލާހުކުރުމަށް ވެސް މިނިސްޓަރު އިހުސާން އަންގަވާފައިވެ އެވެ. މިއަށް ފަހު، ފެބްރުއަރީ 5، 2025 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑޫގައި ޝަމްއާންގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތްކަމަށް ބަޔާންކޮށްފައިވެ އެވެ."
ޝަމްއާންގެ އާއިލާއިން ބުނީ އެ ހާދިސާއަށް ފަހު ވެސް އިހުސާންގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އިދާރީ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް އިމިގްރޭޝަންގެ ޕްރޮކިއުމަންޓުގެ ޕްރޮސެސް ބޭނުންކުރުމަށް އިހުސާން މަސައްކަތް ކުރެއްވުމާއި މިނިސްޓަރުގެ ސެކްރެޓަރީ މެދުވެރިކޮށް އިމިގްރޭޝަންގެ ބަޖެޓު ސެކްޝަންގެ އިސްވެރިންނަަށް ގުޅައި ގާނޫނާ ހިލާފު ކަންކަން ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ.
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ސީޕީ ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް: ޕޮލިސް
ރެއިޑުގައި ލިޔެކިޔުން ހުރި ބިދޭސިންވެސް ހައްޔަރުކުރި
ޝަމްއާންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
"ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ނޫނީ އެއްނުވެވޭނެ"
މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް އިތުރުކޮށްފި