ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
20 އެޕްރީލް 2025
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކުރެއްވުމުގެ ކުރިން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ.
ސީއެސްސީގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މައްސަލަތަކެއް ބަލައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
ކުރީގެ ސިވިލް ސާވަންޓުން ވަޒީފާއަށް ވަންނަން ފުރުސަތު
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
ފަސްޓްލޭޑީ ސިވިލްސާވިސް ވަޒީފާގައި ހުންނަވާނީ ނޯ-ޕޭގައި
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ދޮގު ބަޔާންދިން މައްސަލާގައި ދާއޫދު މަގާމުން ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު