02 ޑިސެމްބަރ 2024
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ސަރުކާރުން އުވާލައިފި އެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ސަރުކާރުން އުވާލައިފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު "މިހާރު" އަށް މިއަދު ވިދާޅުވީ، މުވައްޒަފުންނަށް ޑަބަލް ޕެންޝަންގެ ގޮތުގައި މަހުން މަހަށް ލިބޭ އަދަދަށް ބަދަލެއް ނުގެނެސް އެގޮތަށް ކުރިއަށް ގެންދަން ނިންމީ، އެ އިނާޔަތް ލިބޭ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެން ކަމަށެވެ.
"އެ ގޮތަށް އެ އިނާޔަތް ލިބޭތާ ވަރަށް ގިނަ ދުވަސްތަކެއް ތިބި މުވައްޒަފުން އެބަތިބި. އެހާ ގިނަ ދުވަސްތަކެއް ވަންދެން ލިބެމުން އައި އެެއްޗެއ ކަނޑާލުމުން އުނދަގޫތަކެއް ހުރުމުން އެ ކަންބޮޑުވުންތައް ސަރުކާރަށް އައީ،" ނިންމުން ބަދަލުކުރި ސަބަބާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް ޒަމީރު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެ ނިންމުން ބަދަލުކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ހުށަހަޅުއްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
"އެހެންވެ، ފިނޭންސް މިނިސްޓްރީން [އިދާރާތަކަށް] ފޮނުވާފައިވާ ސިޓީ އަށް އަމަލު ނުކުރައްވަން ވަނީ ނިންމަވާފައި،" ހީނާ ވިދާޅުވި އެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމައި އެކަން އެ އިދާރާތަކަށް އެންގުމާ އެކު، ކަންބޮޑުވުންތައް ދިޔައީ ފާޅުކުރަމުންނެވެ.
ސަރުކާރުގެ 13 އިދާރާއަކަށް ދަނީ ޑަބަލް ޕެންޝަން ދެމުންނެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި ޖުޑިޝަރީ އާއި އަމިއްލަ އެހެން މުއައްސަސާތައް ވެސް ހިމެނެ އެވެ. އެއީ އަސާސީ ޕެންޝަންގެ ތެރެއިން ލިބޭ އަދަދުގެ އިތުރުން، ވަކި ވަކި އިދާރާތަކުން އަމިއްލައަށް ހިންގާ ރިޓަޔަމެންޓް ސްކީމުތަކެވެ.
1. ފުލުހުން
2. ޑިފެންސް މިނިސްޓްރީ
3. ކަސްޓަމްސް
4. ޖުޑިޝަލް ސާވިސް ކޮމިޝަން
5. ރައީސް އޮފީސް
6. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
7. ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
8. އޭސީސީ
9. ގައުމީ ޔުނިވާސިޓީ 10. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
11. އިލެކްޝަންސް ކޮމިޝަން 12. އޮޑިޓަ ޖެނެރަލް އޮފީސް
13. ސިިވިލް ސާވިސް ކޮމިޝަން
އޮޑިޓަ ޖެނެރަލް 2015 ގައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ވަނީ ޑަބަލް ޕެންޝަން ދޭ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށާއި އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށް ފާހަގަކުރައްވައިފަ އެވެ. އޮޑިޓަ ޖެނެރަލް އޭރު ލަފާ ދެއްވާފައި ވަނީ ޕެންޝަން ނިޒާމު ހާމަނައިޒްކޮށް، ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށެވެ.
އެ ސްކީމު ހުއްޓާނުލައި، މިހާރު ދޭ އުސޫލުން ޕެންޝަން ދޭ ނަމަ 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 4.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ޑަބަލް ޕެންޝަން ނިޒާމު އުވާލުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވެސް ސަރުކާރަށް މީގެ ކުރިން ލަފާދީފައިވެ އެވެ.
އަމިއްލަ ކޮންޓްރިބިއުޝަނެއްނެތި ސަރުކާރުގެ ބަޖެޓުން ދޭ މިފަދަ ޕެންޝަން ސްކީމުތައް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. މަހުން މަހަށް ދޭ އަދަދުގެ ގޮތުގައި މި އަހަރު އެ ސްކީމަށް 266 މިލިއަން ރުފިޔާ ހޭދަކުރާ އިރު، އަންނަ އަހަރު ރިޓަޔަކުރާ މީހުންނަށް 272 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އަދި ރިޓަޔާ ކުރާ ފަރާތްތަކަށް އެއްފަހަރާ ލިބޭ އަދަދަށް މިއަހަރު 45.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
ރިޓަޔަމެންޓަށް ބަދަލު ގެންނަނީ އެއް ހަމަކުރަން:ފިނޭންސް
އިދާރާތަކުން ރިޓަޔާކުރާ މީހުންގެ އެލަވަންސް ކަނޑާލަނީ
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
ކުރީގެ ސިވިލްސާވިސް މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
އާސަންދަ އާއި ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް
ދުންފަތާ ދުރުވާނެ ފަރުވާ ހުރިހާ ރަށެއްގައި ގާއިމްކުރަނީ