01 ޑިސެމްބަރ 2024
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމަނީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަ ނޫން ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމުގެ ތެރެއިން، ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމަނީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިހާރު އޮތް ހަމަހަމަ ނޫން ނިޒާމު ބަދަލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ހުރިހާ މުވައްޒަފުން ހިމެނޭ އަސާސީ ޕެންޝަން ނިޒާމާއި އޭގެ ބޭރުން، ވަކިވަކި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ "ޑަބަލް ޕެންޝަން" ދިނުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ޕެންޝަން ނިޒާމު އެއްހަމަކޮށް، ބައެއް މުވައްޒަފުންނަށް ދެ ޕެންޝަން ނުލިބޭ ގޮތަށް ދައުލަތުގެ ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް މާ ކުރިން ވެސް ސަރުކާރަށް ލަފާ ލިބިފައިވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލް 2015 ގައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ވެސް ސަރުކާރަށް ވަނީ އެ ގޮތަށް ލަފާދީފައި ކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ. އޮޑިޓަ ޖެނެރަލް އޭރު ލަފާ ދެއްވާފައި ވަނީ ޕެންޝަން ނިޒާމު ހާމަނައިޒްކޮށް، ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށެވެ.
އެ ސްކީމު ހުއްޓާނުލައި، މިހާރު ދޭ އުސޫލުން ޕެންޝަން ދޭ ނަމަ 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 4.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އަމިއްލަ ރިޓަޔަމެންޓް ސްކީމު ހިންގާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އަދަދު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަނޑާލުމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ސިޓީއަކުން ވަނީ އަންގަވައިފަ އެވެ.
އެ މިނިސްޓްރީން ބުނީ، ދައުލަތުގެ ބަޖެޓުން މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހިންގާ ސްކީމަކީ އިންސާފުވެރި ނިޒާމެއް ނޫން ކަމަށާއި އެހެން ރައްޔިތުންނަށް ނުލިބޭ މަންފާތަކެއް ލިބޭގޮތަށް ބައްޓަން ކޮށްފައިވާ ނިޒާމެއް ކަމަށެވެ.
ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތް އިރު އަހަރުން އަހަރަށް އެ ސްކީމަށް ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ އާއި ކަސްޓަމްސް ފަދަ އިދާރާތައް ހިމެނެ އެވެ.
އެއްފަހަރާ ޕެންޝަން ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރު 45.2 މިލިއަން ރުފިޔާ ޕެންޝަނަށް އެއް ފަހަރާ ދިނުމަށް ދޫކޮށްފައިވެ އެވެ. މަހުން މަހަށް ދޭ އަދަދުގެ ގޮތުގައި މި އަހަރު އެ ސްކީމަށް 266 މިލިއަން ރުފިޔާ ހޭދަކުރާ އިރު، އަންނަ އަހަރު ރިޓަޔަކުރާ މީހުންނަށް 272 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފް ކުރީ 2009 ގަ އެވެ. އޭގެ ކުރިން ވެސް ދައުލަތުން އައީ ޕެންޝަން ސްކީމުތައް ހިންގަމުންނެވެ. އެ ސްކީމުތައް ހިންގީ މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހަމައެކަނި ދައުލަތުން ކުރާ ހޭދައެއްގެ ގޮތުގަ އެވެ. ގާނޫނަކުން ރިޓަޔަމަންޓް ޕެންޝަން ނިޒާމާ އެކު، އޭގެ ކުރިން ހިނގަމުން އައި ޕެންޝަން ފަންޑުތައް ހުއްޓޭނެ ކަމަށް ބެލެވުނަސް އެކި ސަބަބުތަކާ ހެދި އެކަން އައީ ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ.
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް
އިދާރާތަކުން ރިޓަޔާކުރާ މީހުންގެ އެލަވަންސް ކަނޑާލަނީ
50،000 މުވައްޒަފުންގެ މުސާރައަށް 14 ބިލިއަން
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
އިސް މުވައްޒަފުންނާ ގުޅުންހުރި ނަމަ ވިޔަފާރިކުރުން މަނާ
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
ބަންދު ދުވަސްތަކަށް ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި