06 އޯގަސްޓް 2024
ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެކި ސަބަބުތަކާ ހުރެ ވަކިވާން ޖެހުނު މީހުން އަލުން ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެކި ސަބަބުތަކާ ހުރެ ވަކިވާން ޖެހުނު މީހުން އަލުން ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ހިދުމަތުގައި އުޅެނިކޮށް ވަކިކުރި މީހުންނާއި އެކި ސަބަބުތައް މެދުވެރިކޮށް ރިޓަޔާވާން މަޖުބޫރުވި މީހުން އަލުން ހިދުމަތަށް ނުކުތުމުގެ ފުރުސަތު ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
ސިވިލް ސާވިސްގެ ވަޒީފާއިން ވަކިވާން މަޖުބޫރުވި މީހުންގެ ތެރޭގައި އެކި ދާއިރާތަކުގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަންނީ މީހުން ވެސް ހިމެނެ އެވެ. އެ ދާއިރާތަކުން މަސައްކަތް ކުރެވޭނެ މަގު ފަހިވެފައި ނެތުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އާއްމުކުރި ސާކިއުލާގައި ވަނީ، ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއި ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު އާންމުކޮށްފަ އެވެ.
- ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ، ފަންނުތަކުގައި ވަޒީފާ އަދާކޮށް އެކި ސަބަބުތަކަށް ޓަކައި ހިދުމަތުން ދުރުވެފައިވާ މީހުން.
- ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގެ މަސައްކަތްތެރިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނިކުތުމަށް އުޒުރުވެރިވާ މީހުން.
ވެލާނާގޭގައި ހިންގާ އޮފީހަކަށް ބަޔަކު ވަންނަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
- ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން އެ ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބާވަތަށް ރިއާޔަތް ކުރާއިރު އެ މަސްއޫލިއްޔަތަކީ އޮފީސް މާހައުލާ ދުރުގައި ހުރެގެން ވެސް ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ކޮށްފައިވާ މީހުންގެ ތެރެއިން އެކިއެކި ސަބަބުތަކަށް ޓަކައި ހިދުމަތުން ދުރުވެފައިވާ މީހުން.
- އަދި އެއްވެސް ސަބަބަކާ ހުރެ މިފަދަ ވަޒީފާއަކަށް ދާއިމީކޮށް (ފުލްޓައިމް ވަޒީފާއަށް) ނިކުތުމަށް އުޒުރުވެރިވާ މީހުން.
- ސިވިލް ސާވިސްގެ އިދާރީ މަގާމުތަކުގައި ވަޒީފާއަދާކޮށް އެކިއެކި ސަބަބުތަކަށް ޓަކައި ހިދުމަތުން ދުރުވެފައިވާ މީހުންނާއި އެއްވެސް ސަބަބަކާ ހުރެ ދާއިމީކޮށް (ފުލްޓައިމް ވަޒީފާއަށް) އިދާރީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ މީހުން.
އެ އުސޫލުގައި ވަޒީފާ ހަމަޖެއްސިދާނެކަމަށް ނުފެންނަ ދާއިރާތަކާއި ވަޒީފާ ހަމަޖައްސާނެ ހާލަތްތަކާއި ވަޒީފާ ހަމަޖައްސާނެ ގޮތުގެ އިތުރުން އެހެން ކަންކަން ވެސް ހިމެނެ އެވެ.
ސަރުކާރުގެ އޮފީހެއްގައި މުވައްޒަފަކު މަސައްކަތް ކުރަނީ. -- ފޮޓޯތައް: ފަޔާޒް މޫސާ/ މިހާރު
ސިވިލް ސާވިސް އިން އިއްޔެ ނެރުނު މި އުސޫލާ އެކު، މުވައްޒަފަކު ވިހެއުމުގެ ޗުއްޓީއަށް ދިޔައަސް މެދުނުކެނޑި އެ ހިދުމަތެއް ދެވޭނެ ގޮތަށް އުސޫލްގައި ވަނީ ބަދަލު ގެނެސްފަ އެވެ.
އެ ބަދަލުގައިވާ ގޮތުން މެޓާނިޓީ ލީވަށް މުވައްޒަފަކު ދިއުމުން އެ މުވައްޒަފު އެނބުރި އަންނަންދެން ވަގުތީ މުވައްޒަފަކު ނެގޭނެ އެވެ. އެފަދަ ހާލަތެއްގައި ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއ،ި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން އެ ވަޒީފާއަށޤ ނެގޭނެ ކަމަށް އުސޫލްގައި ބުނެފައިވެ އެވެ.
އެ ބަދަލު ގެންނަވަން ރައީސް ނިންމެވި ސަބަބަކީ ސިވިލް ސާވިސް އަށް މީހުން ރެކްރޫޓް ކުރުމުގެ އިޖުރާއަތްތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވެ، ބައެއް މުއައްސަސާތަކުގެ ހިދުމަތް ވެސް ލަސްވާތީ އެވެ.
އުސޫލަށް މި ގެންނަ ބަދަލާ އެކު، ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ވެސް ހައްލުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
45މިލިއަން ލީޓަރުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ދޭނެ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ނުހައްގު މުއްސަނދިކަމުގެ މައްސަލަ ބެލުން ފަސޭހަކުރަނީ
ނޮވެމްބަރު 11 ގައި ދައުރު ފަށަން އިސްލާހު ގެންނަނީ
"ދިޔަވަރު"ގައި ދޮގު ހަބަރު ފަތުރާތީ ސަމާލުވާން އެދެފި
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް