Roadha Mihaaru

ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުން ހުއްދައެއް ނުކުރާނަން: އިޒްރޭލު

ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާނުލާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އަނެއްކާވެސް ބުނެފި އެވެ.

ޣައްޒާއަށް އެހީގެ ސާމާނެއް ނުވެއްދޭނެ: އިޒްރޭލު

ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާނުލާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އަނެއްކާވެސް ބުނެފި އެވެ.

"އިޒްރޭލުގެ ސިޔާސަތު ވަރަށް ސާފު. އިންސާނީ އެހީއެއް ޣައްޒާއަކަށް ނުވަންނާނެ، އަދި މި އެހީ އަށް ހުރަސް އެޅުމަކީ ހަމާސް އިން ހަތިޔާރެއްގެ ގޮތުގައި އާންމުން ބޭނުންކުރުމަށް ކުރިމަތިކުރެވޭ އެންމެ ބޮޑު ޕްރެޝަރު،" އޮކްޓޫބަރު 2023 ގައި ހަނގުރާމަ ފެށި ފަހުން ޣައްޒާގެ ހާލަތު މިހާ ގޯސްވެފައި ނުވާކަމަށް ބުނެ އދ. އިން އިންޒާރަށް ފަހު ކާޓްޒް ބުންޏެވެ.

އިޒްރޭލުން ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެހީ އަށް ހުރަސްއަޅައިފަ އެވެ.

ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދޭ މައްސަލައިގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ވެސް ދާދި ފަހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ޣައްޒާއަށް އެހީގެ ކުޑަ މިންވަރެއް ވެސް އެތެރެ ނުކުރެވި މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެ. ކާއެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ވެސް ނެތް. ވިޔަފާރީގެ ސަޕްލައިއެއް ނެތް. އެހީ މެދުކެނޑި ހުރިހާ އެއްޗެއް ހުސްވެ މިހާރު ވަނީ އަނެއްކާ އެންމެ ނުރައްކާ ހާލަތު އާންމުވުމުގެ ބިރު ބޮޑުވެފައި،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވި އެވެ.

"އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމުގައި އިޒްރޭލުން އެންމެ ފަހުން ހުށަހަޅާފައިވާ ކަންކަމުން، އެހީގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް އެބަ ކޮންޓްރޯލްވޭ. އެހީ ފޯރުކޮށްދިނުން [ކާއެތިކޮޅުގެ] އެންމެ ފަހު ކެލަރީ އާއި ގޮދަންކޮޅާ ހަމަޔަށް ކޮންޓްރޯލްވޭ."

ޣައްޒާއަށް ދޭ އެހީ ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އިޒްރޭލުން ދާދި ފަހުން ހުށަހެޅި ހުށަހެޅުންތަކުގައި، ކާބޯތަކެތީގެ ކެލަރީ ވެސް ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމަނާފައިވާ ކަމަށާއި އެއީ ހަމާސް ޖަމާއަތުން އެހީގެ ތަކެތި ނަމަހަމަ ގޮތުގައި ބޭނުންކޮށްފާނެތީ ކަމަށް ބުނެފައިވާ ކަމަށް އދ.ގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.