Roadha Mihaaru

ރޭގެ ހަމަލާތަކުގައި ޣައްޒާއިން 19 މީހަކު ޝަހީދުވި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި މަދުވެގެން 19 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ބުނެފި އެވެ.

ރޭގެ ހަމަލާތަކުގައި ޣައްޒާއިން 19 މީހަކު ޝަހީދުވި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި މަދުވެގެން 19 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާތަކުގައި "ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު އާންމުންގެ 19 މީހަކު ޝަހީދުވި" ކަމަށާއި އެތައް ބަޔަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.

މެދުތެރޭގެ ސިޓީއެއް ކަމަށްވާ ދީރް އަލް ބަލާހްގެ ގެއަކަށް ދިން ހަމަލާއެއްގައި ފަސް ކުޑަކުދިންނާއި ބޮޑެތި ހަތަރު މީހުން ޝަހީދުވި އިރު، ޣައްޒާ އުތުރުގައި އޮންނަ ބައިތު ލަހިއާ އަށް ފަތިހު ދިން ދެ ހަމަލާއެއްގައި 10 މީހަކު ޝަހީދުވި ކަމަށް ބައްސާލް ވިދާޅުވި އެވެ.

މީގެ އިތުރުން ހަމާސް ޖަމާއަތާ އެކު މަސައްކަތްކުރާ އިސްލާމިކް ޖިހާދާ ގުޅިފައިވާ މީޑިއާއަކުން ހޯމަ ދުވަހު ވަނީ ޚާން ޔުނިސް ސަރަހައްދުގައި ނޫސްވެރިން ބޭނުންކުރާ ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ވެސް މީހަކު ޝަހީދުވިކަން ހާމަކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ "ނޫސްވެރިއެއްގެ ނަމުގައި އުޅޭ" ހަމާސްގެ "ޓެރަރިސްޓަކަށް" ކަމަށެވެ.

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިޒްރޭލުން އަލަށް ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 1،391 މީހުން ޝަހީދުވެފައިވާއިރު، އޮކްޓޫބަރު 7، 2023 ގެ ފަހުން ޝަހީދުވި އަދަދު 50،752 އަށް އަރާފައިވާ ކަމަށެވެ.