Roadha Mihaaru

އިޒްރޭލު ސިފައިން ރެޑް ކްރެސެންޓުގެ ޓީމަށް ހަމަލާ ދިނީ މެރުމުގެ ގަސްތުގައި

މިދިޔަ މަހު ޣައްޒާގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ޓީމަކަށް ހަމަލާދީ 15 މީހަކު ޝަހީދުކޮށްލި ހާދިސާގައި، ހަމަލާ ދީފައިވަނީ އެންމެންގެ ވެސް މެޔާ ހިސާބަށް ކަމަށާއި އެހެންވެ އެއީ މެރުމުގެ ނިޔަތް އޮވެގެންކަން ދިން ހަމަލާއެއްކަން އެނގޭ ކަމަށް ރެޑް ކްރެސެންޓުން ބުނެފި އެވެ.

ރެޑް ކްރެސެންޓުގެ ޓީމަށް ހަމަލާދިނީ މެރުމުގެ ނިޔަތުގައި

މިދިޔަ މަހު ޣައްޒާގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ޓީމަކަށް ހަމަލާދީ 15 މީހަކު ޝަހީދުކޮށްލި ހާދިސާގައި، ހަމަލާ ދީފައިވަނީ އެންމެންގެ ވެސް މެޔާ ހިސާބަށް ކަމަށާއި އެހެންވެ އެއީ މެރުމުގެ ނިޔަތް އޮވެގެންކަން ދިން ހަމަލާއެއްކަން އެނގޭ ކަމަށް ރެޑް ކްރެސެންޓުން ބުނެފި އެވެ.

އެހީގެ ޓީމަކުން 15 މީހަކު ޝަހީދުކޮށްލީ އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިތާ ކުރީކޮޅު އެވެ. މިއީ ޓެރަރިސްޓުން ކަމަށް ތުހުމަތުވާ ބަޔަކު އެމްބިއުލާންސްތަކާއި ފަޔަ ޓްރަކެއްގައި ބޮކިތައް ވެސް ނިއްވާލައިގެން ތިބެ އިޒްރޭލު ސިފައިންނާ ދިމާލަށް އަންނަން ފެށުމުން ދިން ހަަމަލާއެއް ކަމަށް އިޒްރޭލުން ބުންޏަސް ފަހުން ހާމަވި ވީޑިއޯތަކުން ވަނީ މިއީ ކަނޑައެޅިގެން ދޮގެއްކަން އެނގިފަ އެވެ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ރެޑް ކްރެސެންޓްގެ ރައީސް ޔޫނުސް އަލް ޚަތީބު ރާމަﷲ ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރެޑް ކްރެސެންޓާއި ސިވިލް ޑިފެންސް ޓީމުތަކުން ޝަހީދުވި މީހުންގެ އޮޓޮޕްސީއެއް ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ހުރިހާ ކަމެއް ހާމައެއް ނުކުރެވޭނެ، އެކަމަކު އަޅުގަނޑު ދަންނަވާނީ ހުރިހާ ޝަހީދުންގެ ހަށިގަނޑުގައި ވެސް ހަމަލާތައް ދީފައި ހުރީ، މެޔާ ހިސާބަށް، މަރާލުމުގެ ނިޔަތުގައި."

މި މައްސަލަައިގައި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން ޚަތީބު ގޮވައިލެއްވި އެވެ. އަދި އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ މިކަން ބަލާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ކުރިން ބުނެފައިވަނީ ހަމަލާ ދިނީ ބޮކިތައް ނިއްވާލައިގެން އަދި އިމަޖެންސީ ސިގްނަލެއް ވެސް ނެތި ދަތުރުކުރި ވެހިކަލްތަކަކަށް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓުން މީގެ ތެރެއިން އެއް މެންބަރެއްގެ ފޯނުން ހޯދާފައިވާ ވީޑިއޯއެއް އާންމުކޮށްފައި ވާއިރު އެއިން ފެންނަނީ އެއީ އިމަޖެންސީ ވެހިކަލްތައް އެނގޭ ގޮތަށް ނަން ޖަހައި އަދި އިމަޖެންސީ ސިގްނަލްތަކާއި ބޮކިތައް ރަނގަޅަށް ދިއްލައިގެން ދަނިކޮށް ހަމަލާދޭ ތަނެވެ.

ހަ މިނެޓު 42 ސިކުންތުގެ މި ވީޑިއޯ ނަގާފައިވަނީ ދުއްވާފައިދާ ވެހިކަލެއްގެ ތެރެއިން ކަމަށް ބެލެވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ފަޔަޓްރަކާއި އެމްބިއުލާންސްތައް ރޭގަނޑު ދުއްވާފައި ދާއިރު ވެސް ބަޑީގެ ހަމަލާތަކުގެ އަޑު އިވެ އެވެ.

ދުއްވާފައި ދިޔަ އެ ވެހިކަލްތައް، މަގުގެ އެއް ފަރާތުގައި މަޑުކޮށްފައި އޮތް ވެހިކަލެއްގެ ކައިރިއަށް ހުއްޓާތީ ވީޑިއޯއިން ފެނެ އެވެ. އަދި ޔުނިފޯމްގައި ތިބި ދެ މީހަކު ފައިބައިގެން ދެ އެވެ. އެ ދެ މެޑިކުން ވާހަކަ ދައްކާ އަޑު ވެސް ވީޑިއޯއިން އިވެ އެވެ. އެ މީހުން "މިއީ އެ ވެހިކަލް، މިއީ އެ ވެހިކަލް" އޭ ބުނާތީ އިވެ އެވެ. އަދި އެކްސިޑެންޓެއް ވެފައި ކަމަށް ވެސް ބުނާތީ އިވެ އެވެ.