Roadha Mihaaru

ކަރަންޓް މަސައްކަތަކަށް ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓް ކަނޑަނީ

ކަރަންޓް މަސައްކަތެއް ކުރުމަށް ހިޔާ ޓަވަރުތަކުގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަން ތާވަލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަނީ

ކަރަންޓް މަސައްކަތެއް ކުރުމަށް ހިޔާ ޓަވަރުތަކުގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަން ތާވަލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން އެ މަސައްކަތް ކުުރުމަށް ހަމަޖެހިފައި ވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެހެންވެ އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފަ އެވެ.