ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަރަންޓު ދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
16 ނޮވެމްބަރ 2022
ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަރަންޓު ދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ 16 ޓަވަރުން އިއްޔެ ހެނދުނު 11:00 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ.
އެ ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނީ ވަގުތީ ކޭބަލެއް އަޅައިގެން، އިއްޔެ މެންދުރު ފަހު އެވެ. އެހެންވެ، ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުތަކުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.
ހަތަރު ގަޑިއިރަށް ފަހު ކަރަންޓު ދިން އިރު، ހިޔާގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އިއްޔެ ވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.
އެޗްޑީސީ އިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މަޝްރޫއެއްގެ ކޮންޓްރެކްޓާ މަގު ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ.
ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މިގޮތަށް މަގުކޮނެ ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކޯޕަރޭޝަނުން ބެލި ބެލުމުން މި މަސައްކަތް ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަ ނުނަގައި، ގަވައިދާ ހިލާފަށް ކަން ވަނީ ފާހަގަ ކުރެވިފައި. މިކަމާ ގުޅިގެން މި ކޯޕަރޭޝަންގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" އެޗްޑީސީ އިން ބުންޏެވެ.
ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް މިއަދު ވިދާޅުވީ ހަތަރު ގަޑިއިރަށް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ސަރަހައްދުގައި އިމާރާތްކުރާ ފަރާތްތަކުގެ އިހުމާލު މިކަމުގައި އޮތުމުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
4 ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި
ދިމާވީ ބޮޑު ކަމެއް، ޖަވާބުދާރީ ކުރުވަންޖެހޭ: ޝަރީފު
ވަގުތީ ކޭބަލެއް އަޅައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފި
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
އެސްއޯއީ ފްލެޓުތަކަށް ކަރަންޓް ދެވޭނީ ސެޕްޓެމްބަރު މަހު
ފްލެޓްތައް ނިމުނަސް ވަދެވެން އޮތީ ސެޕްޓެމްބަރުގެ ފަހުން
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި