ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓް ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
27 މެއި 2022
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކަށް ކަރަންޓް ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނީ ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރަނީ ބްރައުންސް ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން، ސްޓެލްކޯގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނީ ވެސް ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރި ނެޓްވޯކަކުން ކަމަށާއި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޗްޑީސީން ބުންޏެވެ.
"...ދަތިތަކާ ހެދި އަމަލީ މަސައްކަތްތައް ލަސްވެފައިވީ ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް ސެޕްޓެމްބަރު މަހު ކަރަންޓުގެ ހިދުމަތް ދެވޭނެކަން މި ފުރުސަތުގައި ފާހަގަ ކުރަން،" އެޗްޑީސީން ބުންޏެވެ.
އެ ކޮންޓްރެކްޓުގެ ދަށުން ސްޓެލްކޯގެ މަސްއޫލިއްޔަތަކީ ޑިޒައިންތައް ބަލައި ފާސް ކުރުމާއި ޓެކްނިކަލް ކޮންސަލްޓަންސީ ދިނުން ކަމަށާއި މި ވަގުތު ކުރަމުން އަންނަނީ ޑިޒައިންތައް ފާސްކުރުމާއި ސަބްސްޓޭޝަން ފައުންޑޭޝަންގެ އަމަލީ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ.
ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު ވަގުތީ ކަރަންޓު ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ސްޓެލްކޯ އާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ދެވަނަ ފިޔަވަހީގައި ހުރި އަމިއްލަ ފަރާތްތަކުގެ ބައެއް އިމާރާތްތަކަށް ސްޓެލްކޯ އާއި އެ ފަރާތާ ވެވޭ އެއްބަސްވުމެއްގެ ދަށުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ފްލެޓްތައް ނިމުނަސް ވަދެވެން އޮތީ ސެޕްޓެމްބަރުގެ ފަހުން
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި