Roadha Mihaaru

ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ބަޔަކު ތާށިވެއްޖެ!

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، އެއް ޓަވަރެއްގެ ލިފްޓެއްގައި މިއަދު ބަޔަކު ތާށިވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، ލިފްޓެއްގައި ތާށި!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ނޮވެމްބަރ 2022

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި، އެއް ޓަވަރެއްގެ ލިފްޓެއްގައި މިއަދު ބަޔަކު ތާށިވެއްޖެ އެވެ.

ސްޓެލްކޯއިން ދެންމެ ބުނީ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" އެ ކުންފުނިން ބުންޏެވެ.

ހިޔާ ޓަވަރު އެކެއްގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނީ ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ވެދާނެ ކަމަށެވެ.

ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގެ ތެރޭގައި ތިބި ތިން މީހަކަށް ނުނިކުމެވިގެން ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.

މީގެ ކުރިންވެސް ހިޔާ ޓަވަރުގެ ލިފްޓު ހުއްޓި މީހުން ތާށިވުން ފަދަ ކަންކަން ދިމާވެފައި ވެ އެވެ. އެއީ އެ އަވަށުގައި މީހުން ދިރިއުޅެން ފެށިތާ ކައިރީގަ އެވެ.