ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
17 ސެޕްޓެމްބަރ 2023
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، ހިޔާ ފްލެޓްތަކުން އިއްޔެ އާއި މިއަދު ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވާހަކަތަކެއް ފެތުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅުވައިގެން ބައެއް މީޑިއާތަކުން ސްޓެލްކޯއާ މެދު ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އިންތިހާބާ ގުޅުގައި ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ޚަބަރު ފަތުރާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ހަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނިން ފޯރުކޮށްދެނީ ރައްޔިތުންނާ ގުޅިފައިވާ ހިދުމަތްތަކެއް ކަމަށާއި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. ގެންނަން ޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ މަސައްކަތްތަކާ ގުޅިގެން އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުރިހާ ކަމެއް އަންގާ ކަމަށް ވެސް ބުންޏެވެ.
"އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތަށް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތި މި ކުންފުނިން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ. މި ދެންނެވި ގޮތާ ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމެންޓުން އަމަލުކޮށް، އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކަނޑާލައިފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ސްޓެލްކޯ އިން ބުންޏެވެ.
އެހެންވެ، ސްޓެލްކޯ އިން ބުނީ އެ ކުންފުންޏާ ގުޅޭގޮތުން ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ޚަބަރު ތަކެއް ކަމަށެވެ. ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަސާސްތަކާއި މިންތައް ދެމެހެއްޓުމަށް ވެސް އެ ކުންފުނިން އިލްތިމާސްކުރ އެވެ.
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި