ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
09 އެޕްރީލް 2025
ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައިފަ އެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރެއް ނާޅަ އެވެ.
އެ ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިނިސްޓްރީން ބުނީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގައި މަޝްރޫއުގެ ދަށުން ތާރު އަޅާނެ ކަމަށެވެ. މަގުގައި ތާރު އަޅާނީ މަގު ފުޅާކޮށްފަ އެވެ. މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަގު ތަރައްގީކުރާނީ ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނޭ ގޮތަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. އެ މަސައްކަތް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީއާ ހަވާލުކުރަން ނިންމި ނަމަވެސް މަސައްކަތް ނުފެށެ އެވެ.
ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅަން ފަށަނީ
ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނަގަނީ
ނިލަންދޫ އެއާޕޯޓް އަޅަން އީއައިއޭ ހަދަން އެމްޓީސީސީއަށް
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
މައުމޫނާ ދެކޮޅަށް އެމްޓީސީސީން ކުރި ދައުވާ ދޫކޮށްލައިފި
ސައުދީ ފަންޑު ލޯނުގައި 400 ފްލެޓު މަޝްރޫއު ފަށައިފި
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން