ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯދަ މަސް ނިންމުމާ އެކު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
27 ފެބުރުއަރީ 2025
ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯދަ މަސް ނިންމުމާ އެކު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައި، ތަރައްގީކޮށްފަ އެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރު އަޅާފައެއް ނުވެ އެވެ.
އިއްޒުއްދީން ފާލަން ތަަރައްގީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއު ރޯދަ މަސް ނިމުމަށްފަހު ފަށާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ. މަގު ތަރައްގީ ކުރާނީ ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ލޭނު އިތުރު ކުރަން މަގު ފުޅާކުރުމަށްޓަކައި، ޝީޓްޕައިލްކޮށް ފަޅުން ބައެއް ހިއްކާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. އެ މަސައްކަތް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީއާ ހަވާލުކުރަން ވެސް ނިންމާފައިވެ އެވެ. ނަމަވެސް، އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.
މި ސަރުކާރުން ވަނީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަަހައްދު ވެސް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި ގުޅީފަޅަށް ބަނދަރު ބަދަލުކޮށް، މިހާރު މާލޭ ނޯތު ހާބަރު ހުރި ސަރަހައްދު ވެސް ތަަރައްގީ ކުރަން ނިންމާފައިވެ އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި މާލޭގެ އެހެން ހުރިހާ މަގަކާއި ވިލިމާލޭގެ ހުރިހާ މަގެއް ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.
ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް
ބޮޑުފޮޅުދޫން ހިއްކާފައި އޮތް ބިން ކައުންސިލަށް
މާފަރު ފަޅު ޕިކްނިކް އައިލެންޑަކަށް ހަދަނީ
ހިތާދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި