Roadha Mihaaru
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް

ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީ އަށް

25 އެޕްރީލް 2023

ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބާކީ ބައިގައި ތާރުއަޅަން ރޯދައިގެ ފަހުން ފަށާނެ ކަމަށެވެ. ނަމަވެސް، އެ ކަމުގެ އަމަލީ މަސައްކަތެއް އަދި ކުރިއަކަށް ނުދެ އެވެ.

އަކްރަމް ވިދާޅުވީ އެ މަގުގައި ތާރުއަޅަން ނިންމާފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. އެކަމަކު، އެ މަސައްކަތް ހަވާލުކުރެވޭނެ ތާރީހެއް އަދި އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ އަމީނީ މަގުގައި ވެސް ތާރު އަޅަމުންނެވެ. އެކަމަކު، ތާރު އެޅުން ލަސްވެގެން އެ ކަން ވެސް އެންމެ ފަހުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އާރުޑީސީން ކުރަނީ ދެން ހުރި ކަންތައްތަކެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ. ނަމަވެސް، އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ޖާގަ މާލެ އިން އަދި ނުލިބިގެން އެ މަގުގައި ސްޓެލްކޯގެ އިމާރާރާތާ ހަމައަށް ތާރު އަޅައިދިނީ އެމްޓީސީސީންނެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ތާރު އެޅުން ލަސްވެ، އެ މަގުގައި ހިނގައިވެބިނގާވެ އުޅުމަށް އާންމުންނަށް ދަތިވުމުން އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށެވެ.