އިޒްރޭލުން މިއަދު ވެސް ފަތިހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާ ކަމަށާއި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 25 އަށް އަރާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
އިޒްރޭލުން މިއަދު ވެސް ފަތިހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާ ކަމަށާއި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 25 އަށް އަރާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ މިއަދުގެ ހަމަލާތަކުގައި ޚާން ޔޫނިސް އިން 19 މީހަކު ޝަހީދުވެފައި ވާއިރު ޣައްޒާގެ ޒައިތޫން ނެއިބަހުޑުން ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ދީރުލް ބަލަހްގައި ގެޔަކަށް ދިން ހަމަލާއެއްގައި ވެސް ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ ދެތިން ދުވަހު އިޒްރޭލުން ވަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރިކަން ހޯދަމުން ދިޔަ ސްކޫލަކާއި އދ.ގެ އިމާރާތަކަށް ވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފަ އެވެ. އެ ހުރިހާ ފަހަރަކު ވެސް އިޒްރޭލުން ބުނެފައި ވަނީ ހަމަލާ ދިނީ ހަމާސްގެ "ކޮމާންޑު ސެންޓަރުތަކަށް" ކަމަށެވެ.
އަދި މިދިޔަ މަހުގެ 23 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ރެޑް ކްރެސެންޓާއި އެހީގެ އެހެން ބައެއް ޖަމާއަތްތަކުގެ މެންބަރުންގެ ޓީމަކަށް ހަމަލާދީ 15 މީހަކު ޝަހީދުކޮށް އެ މީހުންގެ ހަށިތައް ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ ބޮކިތައް ނިއްވާލައިގެން އަދި އިމަޖެންސީ ސިގްނަލެއް ވެސް ނެތި ދަތުރުކުރި، ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބި ވެހިކަލްތަކަކަށް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓުން މީގެ ތެރެއިން އެއް މެންބަރެއްގެ ފޯނުން ހޯދާފައިވާ ވީޑިއޯއެއް އާންމުކޮށްފައި ވާއިރު އެއިން ފެންނަނީ އެއީ އިމަޖެންސީ ވެހިކަލްތައް އެނގޭ ގޮތަށް ނަން ޖަހައި އަދި އިމަޖެންސީ ސިގްނަލްތަކާއި ބޮކިތައް ރަނގަޅަށް ދިއްލައިގެން ދަނިކޮށް ހަމަލާދޭ ތަނެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ ބިމުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ ބައި ލައްކަ ފަހަނަޅައި ގޮސްފަ އެވެ.
ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10
ޣައްޒާއަށް އެހީގެ ސާމާނެއް ނުވެއްދޭނެ: އިޒްރޭލު
ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް ވިސްނަނީ
ހަމަލާތައް ހުއްޓާ ނަމަ ރަހީނުން މިނިވަންކުރަން ތައްޔާރު
ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ޣައްޒާގެ އެއް އާއިލާއަކުން 10 މީހުން ޝަހީދު
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
ޣައްޒާގެ ގެޔަކަށް ހަމަލާދީ 23 މީހުން ޝަހީދުކޮށްލައިފި
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ރޭގެ ހަމަލާތަކުގައި ޣައްޒާއިން 19 މީހަކު ޝަހީދުވި