ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
05 އެޕްރީލް 2025
ކ. ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ މަޝްރޫއު ނިމޭއިރު 10.15 ހެކްޓަރުގެ ބިމެއް އިތުރުވާނެ އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
މިއީ 89 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ. މި މަޝްރޫއާ އެކު، އެ ރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް، އާ ވިޔަފާރިތައް ފެށުމަށް މަގުފަހިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
މައުމޫނާ ދެކޮޅަށް އެމްޓީސީސީން ކުރި ދައުވާ ދޫކޮށްލައިފި
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
ގެންދަން އުޅުނީ މުލީއެއާޕޯޓު ނިންމަން ބޭނުންވާ މެޝިނެއް
ބޭރު މަގު އުތުރު ބައިގައި ތާރު އަޅަން އެމްޓީސީސީއަށް
18ރަށެއްގެ ސްކޫލް އިމާރާތުގެ މަސައްކަތް ތިން ބަޔަކަށް
ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
އުލިގަމުގައި އިމިގްރޭޝަންގެ އާ އޮފީހެއް އަޅަނީ