ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހު ލެގުގައި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވުނު ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މައްސަލަ ބަލައި، ކުޅުންތެރިން ސަސްޕެންޑް ނުކޮށް، ޖޫރިމަނާއަކާ އެކު މައްސަލަ ނިންމާލައިފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހު ލެގުގައި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވުނު ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މައްސަލަ ބަލައި، ކުޅުންތެރިން ސަސްޕެންޑް ނުކޮށް، ޖޫރިމަނާއަކާ އެކު މައްސަލަ ނިންމާލައިފި އެވެ.
މިއާ އެކު މައްސަލައިގައި ތުހުމަތުވި ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅެވޭނެ އެވެ.
ޔޫއެފާ އިން ވަނީ މިދިޔަ މަހު އެތުލެޓިކޯ އިން، ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި ކިލިއަން އެމްބާޕޭ އަދި އެންޓޮނީ ރުޑިގާ އަދި ޑެނީ ސެބާޔޯސް، ސަޕޯޓަރުންނާ ދިމާއަށް ބޭއަދަބީ އިޝާރާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރި މައްސަލައެއް ބަލަން ފަށައިފަ އެވެ.
ޔޫއެފާ އިން ވަނީ ވިނީޝިއުސް އަށް އެއްވެސް ޑިސިޕްލިނަރީ ފިޔަވަޅެއް ނާޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ބާކީ ތިން ކުޅުންތެރިން ވެސް އަހުލާގީ މިންގަނޑާ ހިލާފު ވެފައި ވާތީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
އެމްބާޕޭ އާއި ރުޑިގާ އަށް އެއް މެޗުގެ ސަސްޕެންޝަނެއް މާފު ކޮށްދީ، 25،000 ޕައުންޑް (33،000 ޑޮލަރު) އަދި 35،000 ޕައުންޑް (44،000 ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފަ އެވެ.
މިޑްފީލްޑަރު ސެބާޔޯސް ޖޫރިމަނާ ކުރީ 17،000 ޕައުންޑް (22،000 ޑޮލަރު) އިންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ނުކުންނައިރު، ދެވަނަ ލެގު ކުޅޭނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރެއެވެ.
ރެއާލުގެ ކޯޗުކަމާ ކްލޮޕް ހަވާލުނުވާނެ ކަމުގެ އިޝާރާތެއް
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
އާސެނަލާ ދެކޮޅަށް ރެއާލުގެ ރޫހަކީ އެނބުރި އައުން
އާސެނަލަށް ބޮޑު މޮޅެއް، ރެއާލުން ބުނަނީ ނަތީޖާ އަނބުރާލެވޭނެ ކަމަށް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ކޮޕަ ޑެލް ރޭ ފައިނަލްގައި އެލް ކްލެސިކޯ އެއް
ހިލޭޖެހުމަކުން އެމްބާޕޭގެ ފުރަތަމަގޯލުން ރެއާލަށް މޮޅެއް
ރެއާލްގެ ކުޅުންތެރިންތަކެއްގެ މައްސަލަ ބަލަނީ
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"