ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމާ ޔާގެން ކްލޮޕް ހަވާލުނުވާނެ ކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ދީފި އެވެ.
ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމާ ޔާގެން ކްލޮޕް ހަވާލުނުވާނެ ކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ދީފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް ކަޓާފައިވާތީ އެ ޓީމުގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އަންނަ ސީޒަނުގައި މަގާމުގައި ނުބަހައްޓާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އެ މަގާމަށް ގެންނަން ރެއާލުން ބޭނުންވާ ކޯޗުންގެ ތެރޭގައި ލިވަޕޫލުގެ ކުރީގެ ކޯޗު ކްލޮޕް ހިމެނެ އެވެ.
އެކަމަށް ބާރު ލިބުނީ މިވަގުތު ރެޑްބުލްގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމުގައި ހުރި ކްލޮޕް އޭނާގެ އެ ވަޒީފާއާ މެދު ހިތްހަމަނުޖެހުންތައް ހުރި ކަމަށް ވާހަކަ ދެކެވުމުންނެވެ.
އެކަމަކު އޭނާގެ އޭޖެންޓް މާކް ކޮސިކްކޭ ބުނީ އެ ވަޒީފާގައި ކްލޮޕް ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.
"ރެޑްބުލްގައި އަދާކުރަމުން އަންނަ ވަޒީފާއާ މެދު ޔާގެން ހުރީ ވަރަށް އުފަލުން،" އޭޖެންޓް ބުންޏެވެ.
ކްލޮޕްގެ ޒިންމާއަކީ ރެޑްބުލް އިން ހިންގަމުން އަންނަ ކްލަބްތަކުގެ ކަންކަން ބެލުމެވެ. އެ ކްލަބްތަކަކީ ޖަރުމަނުގެ އާރްބީ ލައިޕްޒިގް، އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް، އަދި ބްރެޒިލްގެ ބްރަގަންޓީނޯ އެވެ.
ލައިޕްޒިގުގެ ކޯޗު ސޮލްޓް ލޯ ވެސް ބުނީ ކްލޮޕް އެ މަގާމުގައި ހުރީ އުފަލުން ކަމަށާއި، އޭނާ ރެއާލާ ހަވާލުވުން ތަސައްވުރެއް ނުކުރެވޭ ކަމަށެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި، އިންގްލެންޑުގެ ލިވަޕޫލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކްލޮޕް ވަނީ އެނބުރި ކޯޗިން އަށް ދެން ނުދާނެ ކަމުގެ އިޝާރާތެއް ވެސް ކުރިން ދީފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އެ ވިސްނުން ބަދަލުކުރާނީ ރެއާލުން ނުވަަތަ ބްރެޒިލް ގައުމީ ޓީމުން ވަޒީފާއެއް ލިބިއްޖެ ނަމަ އެވެ.
އަންނަ ސީޒަނުގައި ރެއާލުގެ ކޯޗަކަށް ގެނައުން އެންމެ ގާތީ ޖަރުމަނުގެ ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ އެވެ. އޭނާ އަކީ ރެއާލުގެ ކުރީގެ ކުޅުންތެރިއެކެވެ.
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
ކްލޮޕަށް ރާމޯސް ބަހުގެ ހަމަލައެއް ފޮނުވާލައިފި
ރެއާލުގެ ބޯޑުން ކްލޮޕަށް ޝައުގުވެރިވެއްޖެ
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
އާސެނަލާ ދެކޮޅަށް ރެއާލުގެ ރޫހަކީ އެނބުރި އައުން
އާސެނަލަށް ބޮޑު މޮޅެއް، ރެއާލުން ބުނަނީ ނަތީޖާ އަނބުރާލެވޭނެ ކަމަށް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް