28 މެއި 2022
ޕެރިސް (މެއި 28) - ބެލޮންޑިއޯ އެވޯޑް ހާސިލްކުރާ ކުޅުންތެރިއަކީ ލިއޮނެލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިއެއް ނަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ޖެހޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޕެރިސް (މެއި 28) - ބެލޮންޑިއޯ އެވޯޑް ހާސިލްކުރާ ކުޅުންތެރިއަކީ ލިއޮނެލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިއެއް ނަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ޖެހޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މިރޭ ޕެރިހުގައި ކުޅޭއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް އެންމެ ވާދަކުރަނީ ރެއާލް މެޑްރިޑަށް ކުޅޭ ކަރީމް ބެންޒެމާ އާއި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ މި ސީޒަނުގައި މިހާތަނަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"އެވޯޑްތައް ހާސިލްކުރާ ގޮތަށް ވިސްނާލާއިރު މިއީ އަހަރެންނަށް ގަބޫލު ކުރެވޭ ގޮތް. އެވޯޑް ލިބޭ ކުޅުންތެރިޔަކީ ރޮނާލްޑޯ ނޫނީ މެސީ ނޫން ނަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ޖެހޭ. އަހަރެންނަށް ހީވަނީ މިއީހެން އެވޯޑް ހޯދޭނެ ހަމައެކަނި ގޮތަކީ،" ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުންޏެވެ.
"މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ކަން ހިނގާފައި ހުރި ގޮތް. އެހެންވީމާ (ޗެމްޕިއަންސް ލީގުން) މޮޅުވީމާ އެ ކުޅުންތެރިއަކަށް ޔަގީނުން ވެސް ފުރުސަތު ބޮޑު ވާނެ."
މިރޭ ކުޅޭ ފައިނަލް މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާލް މެޑްރިޑްގެ ނުވަވަނަ ކުރިމަތިލުމެވެ. އަދި މިއީ ދެ ޓީމު ފައިނަލުގަައި ކުޅޭނެ ތިންވަނަ ފަހަރެވެ. ފުރަތަމަ 1981 ވަނަ އަހަރު ކުޅުނު ފައިނަލް ލިވަޕޫލުން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވިޔަސް، އެންމެ ފަހުން 2018 ވަނަ އަހަރުގެ ފައިނަލް ރެއާލުން ކާމިޔާބު ކުރީ 3-1 އިންނެވެ. އެ މެޗުގައި ބެންޒެމާ އާއި މާނޭ ވެސް ލަނޑު ޖެހި އެވެ.
މިހާތަނަށް 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލާ ދެކޮޅަށް ނުކުންނައިރު ކްލޮޕަށް އޮތް އެންމެ މޮޑު ހިތްހަމަޖެހުމަކަށް ވާނީ އެޓީމުގެ އެންމެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ފަބީނިއޯ އާއި ތިއާގޯ އަލްކަންތާރާ އަނިޔާ އިން ރަނގަޅުވެފައި ވުމެވެ.
"ދެ ކުޅުންތެރިން ވެސް ތިބީ ރަނގަޅަށް. ފަބީނިއޯ ފަރިތަކުރުންތަކުގައި ބައިވެރިވޭ. ތިއާގޯ ވެސް ފެންނަނީ ރަނގަޅަށް. އަހަރެމެން ތައްޔާރުވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ވަރުގަދަ ފަައިޓެއް ދޭން. އެއީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު. އަދި އެޓީމުގެ ކޯޗަށް ވެސް މިފަހަރު ކާމިޔާބު ވެއްޖެ ނަމަ ހަތަރު ޗެމްޕިއަންސް ލީގު ލިބުނީ،" ކްލޮޕް ބުންޏެވެ.
"އަހަރެމެން ވެސް ތަޖުރިބާ ހުންނާނެ. އަހަރެމެން މި ތަޖުރިބާ ހޯދީ އެންމެ ރެއަކުން ނޫން. މިއީ ފަސް އަހަރު ތެރޭ އަހަރެމެން ކުޅޭ ތިންވަނަ ފައިނަލް."
ލިވަޕޫލާ އެކު ކްލޮޕް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުތީ ވެސް ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެ މެޗުން ބަލިވިއިރު، ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހަށް ވަނީ މެޗުގެ ވަރަށް ކުރީކޮޅު އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އަދި މިފަހަރުގެ ފައިނަލަށް އޭނާ ނުކުންނާނީ އެ މެޗުގެ ބަދަލު ހިފަން ކަމަށް ގަބޫލު ކުރެވެ އެވެ. މިއާ ގުޅޭ ގޮތުން ކްލޮޕް ބުނީ، ކޮންމެ ކުޅުންތެރިއަކު ވެސް ފައިނަލަށް ތައްޔާރުވާއިރު މޯޓިވޭޝަން ހޯދާނީ ތަފާތު ގޮތްގޮތުން ކަމަށެވެ.
މި އަހަރުގެ ފައިނަލަކީ 2019 ގައި ލިވަޕޫލުން ޓޮޓެންހަމަ ބަލިކޮށް ޗެމްޕިއަންކަން ހޯދި ފަހުން ފުލް ހައުސް ދަނޑެއްގައި ކުޅޭނެ ފުރަތަމަ ފައިނަލެވެ. އޭގެ ފަހުން ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފައިނަލަށް އެއްވެސް ސަޕޯޓަރަކު ނުވައްދަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ސަޕޯޓަރުންނަށް ހުޅުވައިލީ ދަނޑުގެ 33 ޕަސެންޓެވެ.
މި އަހަރުގެ ފައިނަލް އެންމެ ފުރަތަމަ ކުޅެން އޮތީ ރަޝިއާގަ އެވެ. ނަމަވެސް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަކުރަން ފެށުމާ އެކު ޔޫއެފާ އިން ވަނީ ރަޝިއާގެ ފައިނަލް ކެންސަލްކޮށް، ޕެރިހުގައި ހުންނަ ފްރާންސްގެ ގައުމީ ސްޓޭޑިއަމް (ސްޓޭޑް ޑި ފްރާންސް) ގައި ފައިނަލް ކުޅޭގޮތަށް ހަމަޖައްސައިފަ އެވެ.
މިރޭގެ ފައިނަލް މެޗު ފަށާނީ ރާއްޖޭ ގަޑިން 12 ޖަހާއިރު އެވެ.
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ރެއާލް، 14 ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަނަކަށް
އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ލިވަޕޫލަށް