ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އަތުން ހައިރާންކުރުވަނިވި ނަތީޖާއަކުން، 3-0 އިން ބަލިވި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، މިހާރު ހުރިހާ ވިސްނުމަކީ އަންނަ ހަފުތާގައި މި ނަތީޖާ އަނބުރާލުން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އަތުން ހައިރާންކުރުވަނިވި ނަތީޖާއަކުން، 3-0 އިން ބަލިވި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، މިހާރު ހުރިހާ ވިސްނުމަކީ އަންނަ ހަފުތާގައި މި ނަތީޖާ އަނބުރާލުން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އާސެނަލް ހޯދި މޮޅާ އެކު، އެ ޓީމަށް އަންނަ ހަފުތާގައި ރެއާލުގެ ދަނޑުގައި ކުޅޭ މެޗުން ހަނި ތަފާތަކުން ބަލިވިޔަސް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ރެއާލަށް ފުރުސަތެއް އޮތީ ބޮޑު ތަފާތަކުން މޮޅުވެގެން ކަމުން އެ ޓީމަށް އޮތީ އުނދަގޫ ގޮންޖެހުމެކެވެ. އެކަމަކު ރެއާލުން ވަނީ މީގެ ކުރިން ވެސް މިފަދަ ނަތީޖާތައް އަނބުރާލައިފަ އެވެ. އެއީ އެ ޓީމުގެ ކުޅުންތެރިންނަށް އޮތް އިތުބާރެކެވެ.
"މި ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމަކަށް ވާނެ. އެކަމަކު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި އަހަރެމެންނަކީ ވަރުގަދަ ޓީމެއް،" ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުންޏެވެ.
"އެކަމަކު އަހަރެމެން ޖެހޭނެ ހެދުނު ގޯސްތައް ރަނގަޅުކުރަން. މެޗުގެ ކުރީކޮޅު ދެ ގޯލެއް ޖެހިއްޖެއްޔާ މިއީ ކުރެވިދާނެ ކަމެއް."
އަންޗެލޮޓީ ބުނީ ފުޓްބޯޅައިގައި ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ ކަމަށާއި، އެހެންކަމުން ނަތީޖާ އަނބުރާލެވިދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
ރެއާލުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނީ ނަތީޖާ އަނބުރާލެވޭނީ އާއްމުކޮށް ދައްކާ ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށާއި، އެ ކުޅުން ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ޓީމުގެ ޒުވާން ޑިފެންޑަރު ރައުލް އަސެންސިއޯ ބުނީ މި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެބައޮތް ކަމަށާއި، ކުޅުންތެރިން ތިބީ ޕޮޒިޓިވް ވިސްނުމެއްގައި ކަމަށެވެ.
ރޭގެ މެޗުގައި އާސެނަލުން ކުޅުނީ އެޓޭކިން ގޭމެކެވެ. ރެއާލުން އޮތީ އެއަށް ޖާގަ ދީގެން އެކަމަކު ކައުންޓާގައި ބާރު ދުވެލީގެ ބޭނުން ހިފައިގެން އެޓޭކް ކުރުމަށް ވިސްނައިގެންނެވެ. އެކަމަކު އާސެނަލުން ވަނީ ރެއާލުގެ ދުވެލި ބާރު ދެ ފޯވާޑުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އާއި، ކީލިއަން އެމްބާޕޭ ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.
މި މެޗުގައި ތަރިއަކަށްވީ އާސެނަލުގެ ދެ ގޯލް ޖަހައިދިން މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އޭނާ އާސެނަލްގެ ފުރަތަމަ ގޯލް 58 ވަނަ މިނެޓުގައި ވައްދާލީ އާދަޔާހިލާފު މޮޅު ހިލޭ ޖެހުމަކުންނެވެ. އޭނާ އެ ބޯޅަ ގޯލަށް އަމާޒުކޮށްލީ ރެއާލުގެ ޑިފެންސިވް ފާރުގެ އަރިމަތިން ފޮނުވާލައިގެންނެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 70 ވަނަ މިނެޓުގައި ރައިސް ޖެހީ ވެސް އެހާމެ މޮޅު ހިލޭ ޖެހުމަކުންނެވެ. މި ފަހަރު ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އާސެނަލްގެ ތިން ވަނަ ގޯލު އޭގެ ފަސް މިނެޓު ފަހުން ޖެހީ މިކޭލް މެރިނޯ އެވެ.
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
އާސެނަލާ ދެކޮޅަށް ރެއާލުގެ ރޫހަކީ އެނބުރި އައުން
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
ރެއާލްގެ ކުޅުންތެރިންތަކެއްގެ މައްސަލަ ބަލަނީ
މެޑްރިޑާ ޑާބީގެ ޝޫޓްއައުޓްގައި ވެސް ވީއޭއާރުގެ ޑްރާމާ
ރެކޯޑް މޮޅަކާ އެކު އާސެނަލް ކުއާޓާއާ ގާތަށް
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި