ޓަލީން، އެސްޓޯނިއާ (އޮގަސްޓް 15) - އޭނާ އަކީ ކުޅުންތެރިންނަށް ގަސްދުގައި އަނިޔާދޭ މީހެއް ނޫން ކަމަށް ބުނެ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕަށް ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބަހުގެ ހަމަލައެއް ފޮނުވާލައިފި އެވެ.
15 އޯގަސްޓް 2018
ޓަލީން، އެސްޓޯނިއާ (އޮގަސްޓް 15) - އޭނާ އަކީ ކުޅުންތެރިންނަށް ގަސްދުގައި އަނިޔާދޭ މީހެއް ނޫން ކަމަށް ބުނެ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕަށް ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބަހުގެ ހަމަލައެއް ފޮނުވާލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލުގެ މުހައްމަދު ސަލާހަށް ރާމޯސް ކުރި ފައުލާ ގުޅިގެން ކްލޮޕް އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. އަދި އެ މެޗުގައި ރާމޮސްގެ އުޅަބޮށިން ޖެހި ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއަސް ބޮލަށް އަނިޔާވިކަން ވެސް ކްލޮޕް ފާހަގަކުރެ އެވެ. ކްލޮޕް ވަނީ ލިވަޕޫލް ދެ ކުޅުންތެރިންނަށް ރާމޮސް ގަސްދުގައި ހަމަލާދިން ކަމަށް ތުހުމަތުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރާމޮސް (ވ) ލިވަޕޫލްގެ ސަލާހަށް ފައުލްކުރަނީ. -- ފޮޓޯ: އޭއެފްޕީ
"ކުޅުންތެރިންނަށް ގަސްދުގައި އަނިޔާއެއް ދޭން އަހަރެން ނުވިސްނަން. ކްލޮޕް ބޭނުންވަނީ އޭނާ އަށް (ޗެމްޕިއަންސް ލީގު) ފައިނަލުން މޮޅުނުވެވުނު ސަބަބުތައް އޮޅުންފިލުވައިދޭން. އެކަމަކު އެޔެއް ނޫން ހަމައެކަނި އޭނާ ބަލިވި ފައިނަލަކީ،" ޔުއެފާ ސުޕަ ކަޕްގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޮސް ބުންޏެވެ.
ބޮރޫޝިއާ ޑޯޓްމަންޑް ކޯޗަކަށް ހުރެ 2012 ވަނަ އަހަރުގެ ޖަރުމަނު ކަޕް ފައިނަލުން މޮޅުވި ފަހުން ކްލޮޕަށް އަދި ފައިނަލެއްގައި މޮޅެއް ނުލިބެ އެވެ. އެންމެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމުތައް ވަނީ ހަ ފައިނަލުން ބަލިވެފަ އެވެ. ކޯޗިން ކެރިއަރުގައި މިހާތަނަށް ކްލޮޕް ވަނީ ހަތް ފައިނަލުގައި ބަލިވެފަ އެވެ.
"އަހަރެމެން ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެންމެ މަތީ ލެވެލްގައި ވާދަކުރަމުން އަންނަތާ. އެކަމަކު އަހަންނަށް ހިއެއް ނުވޭ އޭނަ (ކްލޮޕް) އަަށް އެހެން ބުނެވޭނެހެން. ކްލޮޕް ވިސްނަނީ އޭނާގެ އަމިއްލަ ކުޅުންތެރިންނާ މެދު،" ރާމޮސް ބުންޏެވެ.
މި ފަހަރުގެ ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ކްލޮޕް ނޮމިނޭޓްވެފައިވާއިރު، ރާމޮސް ބުނީ އޭނާގެ ވޯޓު ދިނީ ކްލޮޕަށް ކަމަށެވެ.
ޔުއެފާ ސުޕަ ކަޕްގައި މިރޭ ރެއާލާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. މިއީ ރެއާލުގެ އާ ކޯޗު ހޫލެން ލޮޕެޓެގީ ހަވާލުވިފަހުން އެ ޓީމު ކުޅޭނެ ރަސްމީ ފުރަތަމަ މެޗެވެ. ރެއާލަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ތަށި ހޯދައިދިން ޒިނެދިން ޒިދާން ވަނީ ކުއްލި ގޮތަކަށް މިދިޔަ މެއި މަހު ރެއާލްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
ރެއާލުގެ ބޯޑުން ކްލޮޕަށް ޝައުގުވެރިވެއްޖެ
ރެއާލުގެ ކޯޗުކަމާ ކްލޮޕް ހަވާލުނުވާނެ ކަމުގެ އިޝާރާތެއް
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ކްލޮޕާއި ސްލޮޓް އެއްގޮތެއްނޫން، މީ ތަފާތު ދެ ޓީމެއް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު