މިއަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިއަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ ރޭ ކުޅުނު ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 1-0 އިން މޮޅުވެ، 5-4 ގެ އެގްރިގޭޓަކުން ކުރި ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ފުރަތަމަ ލެގު އެއްވަރުވި އިރު، އެތުލެޓިކޯގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ މޮޅު ކޮށްދިން ގޯލު ޖަހައިދިނީ ފެރާން ޓޮރޭޒް އެވެ.
މި މޮޅާ އެކު ބާސެލޯނާ އަންނަނީ މި އަހަރު އެޓީމު މެޗަކުން ބަލިނުވެ އޮތް ރެކޯޑް ދަމަހައްޓައިފަ އެވެ.
ރެއާލް މެޑްރިޑް ފައިނަލަށް ދަތުރު ކުރީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑާ ވާދަކޮށް، އިތުރު ވަގުތު ކުޅެގެން ނަތީޖާ އެއްވަރު ކޮށްލައިގެން 5-4ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ރުޑިގާ، ރެއާލް މޮޅުވި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ރެއާލްގެ ފުރަތަމަ ލެގުގައި ވަނީ 1-0 އިން މޮޅުވެފަ އެވެ. ދެވަނަ ލެގުގައި އެންޑާ ބަރެންޓެކްސާ ސޮސިއެޑާޑަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރު ކޮށްދިނީ އެންޑްރިކް އެވެ. މެޗުގެ 72 ވަނަ މިނިޓިގައި ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ގޯލަކުން ސޮސިއެޑާޑަށް އަލުން ލީޑު ހޯދައިދީފައި ވަނިކޮށް މިކެލް އޮޔާޒަބާލް ވަނީ 80 ވަނަ މިނިޓުގައި ސޮސިއެޑާޑްގެ ލީޑު ފުޅާ ކޮށްދީފަ އެވެ.
އެއަށް ފަހު ޖޫޑެ ބެލިންހަމް އާއި އޮރޭލިއަން ޗޮއަމެނީގެ ގޯލުތަކުން ރެއާލުން އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާފައި ވަނިކޮށް އިތުރު ވަގުތު ކުޅެން ޖެހުނީ ފަހު ވަގުތު އޮޔާޒަބާލް ކާމިޔާބު ކުރި ގޯލުންނެވެ. ރެއާލް ފައިނަލުން ޖާގަ ޔަގީން ކުރީ އިތުރު ވަގުތުގެ ކުޅުން ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެންޓޮނީ ރުޑިގާ ޖަހައިދިން ގޯލުންނެވެ.
ކޮޕަ ޑެލް ރޭގެ އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާ އެވެ. އެޓީމު ވަނީ 31 ފަހަރު ތަށި އުފުލާލައިފަ އެވެ. ރެއާލަށް ކާމިޔާބު ކުރެވުނީ 20 ފަހަރެވެ.
ސެވިއްޔާގެ ލަ ކާޓޫޒާ ސްޓޭޑިއަމްގައި ކުޅޭ މި އަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލްގައި ރެއާލާއި ބާސާ ބައްދަލުކުރާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ. މިއީ މުބާރާތުގެ ފައިނަލްގައި މި ދެ ޓީމު ކުރިމަތިލާ އަށްވަނަ ފަހަރެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ކުޅުންތެރިން ޑިވެލޮޕްކުރަން ބާސާއަށްވުރެ ރެއާލް ރަނގަޅު
އެލް ކްލެސިކޯ ރެއާލް އަށް، ނުފޫޒުގަދައީ ބެލިންހަމް
ވިނީޝިއުސްއާ ދިމާކުރުމުން ޕެރޭޒްގެ ދަތުރު ކެންސަލްކޮށްފި
ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް
ބެރްނެބުއޭގައި ބާސާއިން ރެއާލް އަތްދަށުލައި ގަންބާލައިފި
އެލް ކްލެސިކޯ: ބާސާ ކުޅޭ ސްޓައިލް ވަރަށް ސާފު
"ތިއީ އުނދަގޫ ޖޮބެއް. ހިތްވަރާކު ކުރިޔަށް ދާންވީ"