"އީދު ހަވީރު" ގެ ނަމުގައި މި ފަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
26 މާޗް 2025
"އީދު ހަވީރު" ގެ ނަމުގައި މި ފަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި، އެއީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެ ހަރަކާތް އޮންނާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް އެކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ބާއްވާ "އީދު ހަވީރު" އަށް ޒިޔާރާތްކުރާ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި އީދު އުފަލުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ.
މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި އީދު ހަދިޔާ ދިނުން ވެސް އެތަނުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ. މިއީ އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުން ބައިވެރިވެގެން ބާއްވާ ހަރަކާތެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލޭގައި އެފަދަ ބޮޑު އިވެންޓެއް އީދު ދުވަހާ ގުޅުވައިގެން ބޭއްވުމުގެ ބޭނުމަކީ އިސްލާމީ މުހިއްމު އެ މުނާސަބަތުގެ އުފަލުގައި ވީހާ ވެސް ގިނަ އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމާއި ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުމެވެ.
ގާޒާގެ ރައްޔިތުން މަތިން ހަނދާން ނައްތާލައިގެން ނުވާނެ
އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ
އީދަށް ދިއްލާލާނީ އަންނަ ހޮނިހިރު ދުވަހު
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
ކަނޑު އުޅަނދުތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
އުރީދޫ އީދު ޝޯ ޝެއާކޮށްގެން ބޮޑެތި އިނާމުތަކެއް
ގުޅުން ބަދަހިކުރަން އިމިގްރޭޝަނުން ހަދިޔާ ބަހައިފި