Roadha Mihaaru

އީދަށް ދިއްލާލާނީ އަންނަ ހޮނިހިރު ދުވަހު

ކުރިއަށް އޮތް ފިތުރު އީދުގެ އުފާ ފާޅުކުރަން ރަށްތައް ދިއްލާލަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އީދަށް ދިއްލާލާނީ އަންނަ ހޮނިހިރު ދުވަހު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 މާޗް 2025

ކުރިއަށް އޮތް ފިތުރު އީދުގެ އުފާ ފާޅުކުރަން ރަށްތައް ދިއްލާލަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ "އީދު އަލިން" މި ފަހަރު ދިއްލާލަނީ 65 ރަށެއް ކަމަށެވެ. އެއްފަހަރާ މި ހުރިހާ ރަށެއް ދިއްލާލުމަށް ނިންމާފައިވާއިރު އެ ހަރަކާތް އޮންނަނީ ހޮނިހިރު ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިއްލުމުގެ ބޮޑު އިވެންޓު އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. އެ އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މާލެ އެއްކޮށް އީދަށް ދިއްލުމުގެ ކަންކަން ފެށީ މާލޭގެ މޭޔަރުކަމުގައި މިހާރުގެ ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ކަމަށް ވާތީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ ކޮންމެ އީދަކު މުޅި ރާއްޖެ ދިއްލަން ނިންމަވައިފަ އެވެ.

އީދަށް ދިއްލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ ލައިޓުތައް ހަރުކޮށްފަ އެވެ. އަދި މާދަމާ އިން ފެށިގެން ރަށްރަށަށް ވެސް ލައިޓުތައް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކުރިން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދާފައިވެ އެވެ. އެކަމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައިވެ އެވެ.

އީދުގެ އުފާ ފާޅުކުރަން، މިދިޔަ އަހަރު ވެސް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފަ އެވެ.