ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު ފަލަސްތީނުގެ ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު ފަލަސްތީނުގެ ގާޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮ ދުއާތައް ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނާ އެކު އަބަދުވެސް ދަމަހައްޓަން ވާނެ އެވެ،" މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިއްޔާގެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަސް ކަމަށާއި މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރި ވަގުތުތަކަށް ފަހު، ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާ އެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީ ކަމަށެވެ. އެހެންވެ، އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ހަޒްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާޙު ކުރުމެވެ.
"އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ކަަމަށެވެ. އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސަނީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަަމަށެވެ. ހާއްސަކޮށް އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފާކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށް ވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ،" ރައީސްގެ އީދުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ
އީދު ފާހަގަކުރަން މާލޭގައި ބޮޑު ހަރަކާތެއް ބާއްވަނީ
އީދަށް ދިއްލާލާނީ އަންނަ ހޮނިހިރު ދުވަހު
ރައީސްގެ އީދު ސަލާން ކުރެއްވުން މުލީއާގޭގައި
ފަހު 10 އާ އެކު 15 ދުވަހުގެ ބޮޑު ބަންދެއް!
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން
އީދުގެ ތައްޔާރީތައް އަދި ވަރުގަދަކުރާނަން: ރައީސް
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
ރައީސް އީދު ސަލާމް ކުރެއްވުން މުލިއާގޭގައި