Roadha Mihaaru

އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ، ރޭގަނޑު ވަންދެން ބަރު އުޅަނދު ނުދުއްވޭނެ

މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4-6 އަށް އިންޖީނުލީ އެއްވެސް އުޅަނދެއް އަދި ހަވީރު 4 އިން ރޭގަނޑު 11:30 އަށް ބަރު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މާޗް 2025

މިއަދު ފާހަގަކުރަމުން އަންނަ ފިތުރު އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ހަވީރު 4-6 އަށް އިންޖީނުލީ އެއްވެސް އުޅަނދެއް އަދި ހަވީރު 4 އިން ރޭގަނޑު 11:30 އަށް ބަރު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ، ވިލިމާލޭގެ މަގުތަކުގައި ބެޓެރި ވެހިކަލް އަދި މާލެ އާއި ހުޅުމާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް މިދިޔަ އަހަރު އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެކަމަށް މި އަހަރު ވެސް އަމަލުކޮށް، ގަވައިދާ ހިލާފުވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މިއަދުގެ ހަވީރު 4 އިން އިން ރޭގަނޑު 11:30 އާ ދޭތެރޭގައި މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެކަމަކު، ސަލާމަތީ ބާރުތަކުގެ ވެހިކަލާއި އެމްބިއުލާންސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ވެހިކަލާއި އާއްމު ބަސް އަދި ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދޭ އުޅަނދުތައް އިސްތިސްނާވާނެ އެވެ.

އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް މެންދުރު 2 ޖަހަންދެން ތައިސޭ ކޮށިން ސްޓިކާ ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.