Roadha Mihaaru

ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.

ތެލަސީމިއާ ސެންޓަރުގެ ވެރިންނާ ދެކޮޅަށް މުޒާހަރާކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 މާޗް 2025

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.

އެތަނުގައި މުޒާހަރާ މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މިރޭ 10:00ގައި ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ.

"އެ ބައްދަލުވުން ބޭއްވީ އަޅުގަނޑުމެން (ތެލަސީމިއާ ކުދިންނަށް) ލޭ ލިބުމުގައި ދިމާވާ މައްސަލަތަކާއި ފިލްޓަރު ތަކުގައި މި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި ތިން މަސް މި ވީ މިހާރު. ހައްލެއް ނުލިބޭ އެއްވެސް ކަމަކަށް،" އެ މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ސެންޓަރު ކައިރީ މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ސެންޓަރު ކައިރީ މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

މުޒާހަރާ ކުރަން ފެށީ ސެންޓަރުގެ މެނޭޖުމަންޓާ އެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު އެއްވެސް ކަމަކަށް ހައްލެއް ނުލިބުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބައެއް ޕެކެޓްތައް ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ. "އަލަށް ގެނެސްގެން އުޅޭ ފިލްޓަރުތަކުގައި މައްސަލަ ގިނަ. ގިނަ ދުވަހުން ލޭ މި ލިބެނީ. ހާއްސަކޮށް ރޯދަ މަހު، ކޮންމެ އަހަރަކު ވެސް އެގޮތަށް، ލޭ ލިބުން ވަރަށް ދަތި މަހެއް. ފިލްޓަރު މައްސަލަ ޖެހިގެން ލޭ އުކާލަން ޖެހޭ ވަރު ވެސް އިތުރު ވަނީ،" އޭނާ ބުންޏެވެ. ލޭ ލިބުމުގައި ހުރި ދަތިކަން ފާހަގަކޮށް، އޭނާ ބުނީ ސެންޓަރު ވެރިންގެ ފަރުވާ ކުޑަކަމުން ލޭތައް އުކާލަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.