ސްރީ ލަންކާގައި ފުލުހުން އޮޕަރޭޝަނެއް ހިންގި ގޮތުން އޮފިސަރަކު މަރުވި މައްސަލައިގައި ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ އެކު ފިލައިގެން އުޅޭތާ ދެ ހަފްތާ ފަހުން މިއަދު އަމިއްލައަށް ކޯޓަށް ހާޒިރުވެއްޖެ އެވެ.
ސްރީ ލަންކާގައި ފުލުހުން އޮޕަރޭޝަނެއް ހިންގި ގޮތުން އޮފިސަރަކު މަރުވި މައްސަލައިގައި ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ޓެންނަކޫން ހައްޔަރުކުރަން ކޯޓުން އަމުރުކުރުމާ އެކު ފިލައިގެން އުޅޭތާ ދެ ހަފްތާ ފަހުން މިއަދު އަމިއްލައަށް ކޯޓަށް ހާޒިރުވެއްޖެ އެވެ.
ޓެންނަކޫން ހައްޔަރުކުރަން ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަމުރު ނެރުނީ ޑިސެމްބަރު 31، 2023 ގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިގަމާގެ ހޮޓަލެއް ރެއިޑްކުރި އިރު ފުލުހަކު މަރުވި މައްސަލައިގަ އެވެ. ޓެންނަކޫންގެ އަމުރަށް ހިންގި ކަމަށް ބުނާ މި އަންޑަކަވަކޮށް ހިންގި އެ އޮޕަރޭޝަނުގެ މައުލޫމާތު އެ ސަރަހައްދުގެ ފުލުހުންނަށް ލިބިފައި ނެތުމުން އެރި އޮޅުންތަކުގައި ފުލުހުންގެ ދެ ޔުނިޓުން ބަދަލުކުރި ހަމަލާތަކުގައި ފުލުހަކު މަރުވެ އެހެން ފުލުހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ.
ކޯޓުން ވަނީ ޓެންނަކޫންގެ އިތުރުން ކޮލަމްބޯ ކްރައިމްސް ޑިވިޝަން (ސީސީޑީ) ގެ އިތުރު ހަތް އޮފިސަރަކު ވެސް ހައްޔަރުކުރުމަށް އަމުރު ނެރެފަ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެންނަކޫން މިއަދު ކޯޓަށް ހާޒިރުވުމާ އެކު، އޭނާގެ މައްޗަށް ތުހުމަތުކުރާ ހާދިސާއާ ގުޅޭ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރު ފަހު އަލުން ފަށާނެ އެވެ.
ފިލައިގެން އުޅެމުން ވެސް ޓެންނަކޫންގެ ފަރާތުން ވަނީ ހައްޔަރުކުރުމުގެ އަމުރު ބާތިލްކުރުމަށް އެޕީލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ކޯޓުން ވަނީ އަމުރު ބާތިލް ނުކުރަން ނިންމައިފަ އެވެ.
ފުލުހުން ބުނީ ޓެންނަކޫން ހޯދުމުގެ މަސައްކަތުގައި ހާއްސަ ހަ ޔުނިޓެއް ހަރަކާތްތެރިވި ނަމަވެސް އެ ޓީމްތަކުގެ މަސައްކަތުން ފެނުނީ އޭނާގެ އަންހެނުންނާއި ދަރިފުޅު ކަމަށެވެ.
ދައުލަތުގެ ވަކީލުން މިދިޔަ ހަފްތާގައި ވަނީ ޓެނަކޫން ޕެރަމިލިޓަރީ ހިޓް ސްކޮޑެއް ގެންގުޅޭ ކަމަށާއި އެ މީހުން ބޭނުންކޮށްގެން ކުށުގެ އަމަލުތައް ހިންގުމަށް މަސައްކަތްކުރާ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ ވެރިޔާގެ މަގާމަށް ޓެނަކޫން ހަމަޖެއްސި އިރު ވެސް އޭނާ އަކީ ބަންދުގައި ހުރި ފިރިހެނެއްގެ ކުރިމަތީފަރާތުގައި އާވި ގަދަ ބާމެއް އުނގުޅައި ޖިންސީ އަނިޔާކުރިކަން ސުޕްރީމް ކޯޓުގެ އެހެން މައްސަލައެއްގައި އޮތީ ސާބިތުވެފަ އެވެ. އަނިޔާ ލިބުނު މީހާއަށް ބައި މިލިއަން ރުޕީސް (1،600 ޑޮލަރު) ދެއްކުމަށް ޓެނަކޫންގެ މައްޗަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން ވަނީ ހުކުމަށް ތަބާ ނުވެ، ސުލޫކީ ފިޔަވަޅު އެޅުމަށް އިންކާރުކޮށްފަ އެވެ.
"ވަގު މުދާ" ދައުލަތަށް ނަގަން ލަންކާގައި ގާނޫނެއް
ލަންކާގައި އަދާނީގެ ބިޔަ ކޮންޓެއިނާ ޓާމިނަލެއް
އިންޑިއާ-ލަންކާގެ ދިފާއީ އަދި ހަކަތައިގެ އެއްބަސްވުމެއް
ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ދަށަށް
އަންނަ މަހު މޯދީ ލަންކާއަށް ވަޑައިގަންނަވަނީ
ބަޑިޖެހުމުގެ ހާދިސާތަކުގައި ލަންކާއިން 22 މަރު
ލަންކާ ފުލުހުންގެ ވެރިޔާ އަދިވެސް ނުފެނޭ
ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެ: އައިއެމްއެފް
ލަންކާގެ ގޭންގު ލީޑަރު މަރާލާފައި ފިލަން ރާއްޖެއަށް؟
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް