ވަގަށް ނަގާފައިވާ މުދަލާއި ފައިސާ ހޯދުމަށާއި ކުރީގެ ސަރުކާރުތަކުގެ އިސް ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް މަގު ފަހިވާ ގޮތަށް ސްރީ ލަންކާގައި ބިލެއް ފާސްކޮށްފި އެވެ.
ވަގަށް ނަގާފައިވާ މުދަލާއި ފައިސާ ހޯދުމަށާއި ކުރީގެ ސަރުކާރުތަކުގެ އިސް ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް މަގު ފަހިވާ ގޮތަށް ސްރީ ލަންކާގައި ބިލެއް ފާސްކޮށްފި އެވެ.
މިދިޔަ އަހަރު ބޭއްވި އިންތިހާބަށް ފަހު ރައީސް އަނޫރާ ޑިސަނަޔަކަގެ ވާތު ފިޔައިގެ ސަރުކާރަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އޮތް ގާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު މި ބިލް ފާސްކުރީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
"މިއީ ސްރީ ލަންކާއަށް ތާރީހީ ދުވަހެއް،" އާ ސަރުކާރުގެ ފުރަތަމަ ބިލްގެ ގޮތުގައި ފާސްކުރި މި ބިލަށް ފަހު ޖަސްޓިސް މިނިސްޓަރު ހަރްޝާނާ ނަނަޔަކަރަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރަމުން އަންނަތާ ނުވަ އަހަރު ވެފައިވާ ކަމަށާއި ނަމަވެސް އާ ސަރުކާރުން އެ ބިލުގެ މަސައްކަތް ހަލުވިކުރީ ގައުމު ބަނގުރޫޓުކޮށްލި ސިޔާސީ މީހުންގެ ފަހަތުން ދިއުމުގެ ވައުދު ފުއްދަން ކަމަށެވެ.
ޖިނާއީ ކުށެއް ސާބިތުވުމުގެ ކުރިން ވެސް، ނުހައްގުން ހޯދާފައިވާ މުއްސަނދިކަން ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ ފުރުސަތު މި ގާނޫނުން ފަހިކޮށްދެ އެވެ. އަދި ކުރިން ޖަމާކޮށްފައިވާ ގޮތް ނޭނގޭ މުދަލަށް ވެސް މި އުސޫލުތައް ހިންގިދާނެ އެވެ.
އަދި މިއީ 2023 ވަނަ އަހަރުގެ ކުރީކޮޅު ލަންކާ ބަނގުރޫޓުވިކަން އިއުލާނު ކުރުމަށް ފަހު ހިންގި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ބެއިލްއައުޓް ޕްރޮގްރާމާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ގާނޫނެކެވެ.
ލަންކާ ބަނގުރޫޓުވިކަން އޭޕްރީލް 2022 ގައި އިއުލާނުކުރީ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ އެންމެ ޒަރޫރީ އިމްޕޯޓްތަކަށް ފުދޭ ވަރަށް ވެސް ބޭރު ފައިސާ ނެތި އަދި 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާ ނުކުރެވުމުންނެވެ.
މި ދަތިކަމުގެ ތެރޭގައި އާންމުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ. އޭނާ އަކީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ދިހަ ވަރަކަށް އަހަރު ވަންދެން ވެރިކަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ އެވެ.
ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވި މައްސަލަތަކުގެ ޒިންމާ އޭރުގެ ރައީސް ގޮތަބަޔާ އާއި އޭނާގެ ދެ ބޭބެ ކަމަށްވާ އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހިންދަ އަދި އޭރުގެ ފިނޭންސް މިނިސްޓަރު ބާސިލް އުފުއްލަވަން ޖެހޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
މަހިންދަގެ ދެ ދަރިން ހިމެނޭ ގޮތަށް އެ އާއިލާގެ އެތައް ބަޔަކާ ދެކޮޅަށް މިހާރު ވެސް ދަނީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް ބަލައި އަދި ދައުވާ ވެސް ކުރަމުންނެވެ.
ޑިސަނަޔަކަ ވެރިކަމަށް ވަޑައިގަތީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ސިޔާސީ އިސް ބޭފުޅުންގެ މައްޗަށް ދައުވާކުރައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.
ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެ: އައިއެމްއެފް
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް