މާލީ ދަތިކަން ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ހަލުވިކަމާ އެކު ކުރިއަރަމުން ދިޔަ ނަމަވެސް އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ތެރޭގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
މާލީ ދަތިކަން ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ހަލުވިކަމާ އެކު ކުރިއަރަމުން ދިޔަ ނަމަވެސް އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ތެރޭގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދު ފަހަނަޅައި 5 ޕަސެންޓަށް ކުރިއެރުން ދިޔަ ކަމަށެވެ. މިއީ 2022 ވަނަ އަހަރު ލަންކާގެ އިގްތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމަށް ފަހު ލިބުނު ފުރަތަމަ ކުރިއެރުމެވެ.
"އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް ލަންކާގެ ގިނަ ބަޔަކު އަދިވެސް އުޅެން ޖެހިފައިވަނީ ދަތިކޮށް ... ފަގީރުކަމުގެ ނިސްބަތް 24.5 ޕަސެންޓުގައި ހުރި އިރު މިއީ ކަންބޮޑުވާންޖެހޭ މިންވަރެއް،" ލަންކާއާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އާންމުކުރި އަޕްޑޭޓްގައި ބުނެފައިވެ އެވެ.
"މަސައްކަތްތެރިންގެ ބާޒާރު އަދިވެސް ހަލަބޮލިވެ، މީހުން ގައުމުން ބޭރުގައި ފުރުސަތުތައް ހޯދަމުން އަންނައިރު ހިޖުރަކުރުން އިތުރުވެގެންދޭ. ގޭބިސީތަކަށް ލިބޭ އާމްދަނީ އާއި ވަޒީފާ އާއި ޖުމްލަ ވެލްފެއާ އަދި ވެސް އޮތީ އިގްތިސާދީ ކާރިސާގެ ކުރިން އޮތް މިންވަރަށް ވުރެ ދަށުގައި."
އެ ބޭންކުން ބުނީ މުސާރަތައް އަދިވެސް ހުރީ 2019 ވަނަ އަހަރު ވެސް ހުރި ރޭޓްތަކުގައި ކަމަށެވެ. އެ ހިސާބުން ފެށިގެން، ފަގީރުކަން [ދުވާލެއްގެ މައްޗަށް 3.65 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުން] ވަނީ ދެ ގުނަ އިތުރުވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ކުރިއެރުން 3.5 ޕަސެންޓަށް ދަށްވާނެ އެވެ.
ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ އިމްޕޯޓަށް ފައިނޭންސް ކުރުމަށް ބޭރު ފައިސާ ހުސްވުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެފަ އެވެ.
އެ ދުވަސްވަރު ކުރިމަތިވި ދަތިކަމާ އެކު އާންމުން ފެށި މުޒާހަރާތައް ހޫނުވެ އޭރުގެ ރައީސް ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ވެސް ދެއްވި އެވެ.
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް
ކޮވިޑްގެ ސަބަބުން ބައި ބިލިއަން މީހުން ފަގީރުވެއްޖެ
"ވަގު މުދާ" ދައުލަތަށް ނަގަން ލަންކާގައި ގާނޫނެއް
ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެ: އައިއެމްއެފް
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި