12 އޮކްޓޯބަރ 2024
ސްރީ ލަންކާގެ އިގްތިސާދު ހަމައަކަށް އެޅި، މި އަހަރު 4.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް މާލީ އިދާރާ ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ސްރީ ލަންކާގެ އިގްތިސާދު ހަމައަކަށް އެޅި، މި އަހަރު 4.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް މާލީ އިދާރާ ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
މިއީ އެ ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރަށް ވުރެ އިތުރު އަދަދެކެވެ. ވޯލްޑް ބޭންކުން ބުނީ، ލަންކާގެ އިގްތިސާދު އެހާ ބޮޑަށް ކުރިއަރަނީ އިންޑަސްޓްރިއަލް އަދި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވަމުން އަންނާތީ ކަމަށެވެ. ވޯލްޑް ބޭންކުން ބުނީ، އެހާ ބޮޑު ކުރިއެރުމެއް ލިބެން ފެށީ އެ ގައުމުގެ މާލީ ދާއިރާއަށް ސްޓްރަކްޗަރަލް އަދި ޕޮލިސީ ރިފޯމުތައް ގެނެސްގެން ކަމަށެވެ.
ލަންކާގެ އިގްތިސާދު ޑިފޯލްޓްވެ، ދަރަނި ނުދެއްކޭ ހާލަތަށް 2022 ވަނަ ދިއުމަށް ފަހު، މިއީ އިގްތިސާދު ޕޮޒިޓިވް ގްރޯތަކަށް ނުވަތަ ކުރިއަރާ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު ދަށަށް ދިޔައީ 2.3 ޕަސެންޓުގަ އެވެ. އޭގެ ކުރިން އަހަރު އިގްތިސާދު ދަށްވީ 7.2 ޕަސެންޓުގަ އެވެ.
ވޯލްޑް ބޭންކުން "އޯޕަނިން އަޕް ޓު ދަ ފިއުޗާ" ގެ ނަމުގައި ނެރުނު އިގްތިސާދީ އަޕްޑޭޓުގައި ބުނެފައިވަނީ އިގްތިސާދު އެއްކޮށް ހަމައަކަށް އަޅުވަން ދަރަނި ރީސްޓްރަކްޗާކޮށް އިތުރު ރިފޯމުތައް ގެންނަން ވަރަށް މުހިއްމު ކަމަށެވެ. އެންމެ މުހިއްމު ކަމަކީ އެކްސްޕޯޓު އިތުރު ކޮށް، ބޭރުގެ އިންވެސްޓްމެންޓްތައް އިތުރު ކުރުމަށް ގެންނަން ޖެހޭ ރިފޯމުތައް ގެނައުމަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ކަންކަމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ގައުމުގެ އުފެއްދުންތެރިކަން ފުޅާކޮށް ފަގީރުކަން ނައްތާލައި، ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނީ، ލަންކާއިން އެކްސްޕޯޓު ވިޔަފާރީގައި 10 ބިލިއަން ޑޮލަރު ހޯދޭނެ ކަމަށާއި އެކްސްޕޯޓު ދާއިރާ ފުޅާކޮށްގެން 142،500 އާ ވަޒީފާ އުފެއްދޭނެ ކަމަށެވެ. އެކަން ހާސިލުކުރުމަށް މެނުފެކްޗަރިން ދާއިރާ ނުވަތަ އާ އުފެއްދުންތައް އުފެއްދުމާއި ދަނޑުވެރިކަމާއި އާ ހިދުމަތްތައް ފުޅާ ކުރަން ޖެހޭ ކަމަށް ރިފޯޓުގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އެ ގައުމުގެ އިގްތިސާދު 3.5 ޕަސެންޓުގައި ކުރިއަރާނެ އެވެ. އަދި 2026 ވަނަ އަހަރަށް އެ ގައުމުގެ ފަގީރުންގެ ނިސްބަތް 20 ޕަސެންޓަށް ދަށްކުރެވޭނެ އެވެ. މި އަހަރު އެ ގައުމުގެ އިންފްލޭޝަން ފަސް ޕަސެންޓުގައި ހުރި އިރު ޑިމާންޑު އިތުރުވެ، މަޑު މަޑުން އިންފްލޭޝަން އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް