ބަނގުރޫޓުވެފައި އޮތް ސްރީ ލަންކާއިން ބޭރުގެ ދަރަނިތައް އަލުން އެކުލަވާލުމާ އެކު، ލަންކާގައި ހުއްޓިފައިވާ އިންސްފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ޖަޕާނުން އެހީވާން ފަށައިފި ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ބަނގުރޫޓުވެފައި އޮތް ސްރީ ލަންކާއިން ބޭރުގެ ދަރަނިތައް އަލުން އެކުލަވާލުމާ އެކު، ލަންކާގައި ހުއްޓިފައިވާ އިންސްފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ޖަޕާނުން އެހީވާން ފަށައިފި ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ލަންކާއަށް އެންމެ ލުއިކޮށް ލޯނުތައް ދީފައިވާ ޖަޕާނުން އަލުން އެހީވާން ފެށި ޕްރޮޖެކްޓަކުގެ ތެރޭގައި މައި ބައިނަލްއަގުވާމީ އެއާޕޯޓް ބޮޑުކުރުން ވެސް ހިމެނެ އެވެ.
ލަންކާއަށް އެ ގައުމުގެ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާނުކުރެވި ބަނގުރޫޓުވުމާ އެކު މީގެ ދެ އަހަރު ކުރިން ޖަޕާނާއި އެހެން ގައުމުތަކާއި ބޭންކުތަކުން ވަނީ ލަންކާގެ ޕްރޮޖެކްޓްތަކަށް ފަންޑުކޮށްދިނުން މެދުކަނޑާލައިފަ އެވެ.
"ހުއްޓާލާފައިވާ ޕްރޮޖެކްޓްތައް އަލުން ފަށާ ފުރަތަމަ ގައުމަކީ ޖަޕާނު،" ސްރީ ލަންކާއަށް ޖަޕާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ހިދާކީ މިޒުކޮޝީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ލަންކާގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުއްޓާލާފައިވާ 11 ޕްރޮޖެކްޓެއް ފެށުމަށް ޖަޕާނުން ފުރަތަމަ ދޭން ނިންމާފައިވާ 75 މިލިއަން ޑޮލަރު ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ ދޭން ނިންމާފައިވާ ކަމަށެވެ.
ސްރީ ލަންކާއަށް މިހާރު ވެސް ޖަޕާނުން 2.3 ބިލިއަން ޑޮލަރުގެ ލޯނު ދީފައި ވާއިރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިތުރު 1.1 ބިލިއަން ޑޮލަރުގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްރީ ލަންކާގެ އޮފިޝަލުން ވިދާޅުވި އެވެ.
ޖަޕާނުގެ ސަފީރު ވިދާޅުވީ ލަންކާއިން ބޭރުގެ ކްރެޑިޓަރުންނާ އެކު ދަރަނި އަލުން އެކުލަވާލުމަށް ހެދި އެއްބަސްވުންތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އެންމެންނާ އެކު ވެސް ގެންގުޅެފައިވަނީ ވަރަށް ހަމަހަމަ އުސޫލެއް ކަމަށެވެ.
ޖަޕާނަކީ ޗައިނާއަށް ފަހު ލަންކާއަށް އެންމެ ގިނަ ލޯނު ދީފައިވާ ގައުމެވެ.
ސްރީ ލަންކާއަށް ލޯނު ދޫކޮށްފައިވާ ގިނަ ގައުމުތަކާ އެކު ލޯނުތައް ރީސްޓްރަކްޗާކުރުމާ މެދު އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނުކުރީ މިދިޔަ މަހު ފަހުކޮޅު އެވެ. މި އެއްބަސްވުންތަކުން ދަރަނީގެ 5.8 ބިލިއަން ޑޮލަރު އަދާކުރުމުގައި ލުއި ގޮތްތައް ހަމަޖެހޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
ލަންކާގައި ކަރަންޓުގެ އަގު 15 ޕަސެންޓް ބޮޑުކޮށްފި
ލަންކާ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރަނީ
ލަންކާއަށް ވޯލްޑް ބޭންކުން 1 ބިލިއަން ޑޮލަރުގެ ލޯނެއް
ލަންކާގައި ފަގީރުކަން އާދަޔާ ހިލާފަށް ބޮޑު
"ވަގު މުދާ" ދައުލަތަށް ނަގަން ލަންކާގައި ގާނޫނެއް
ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެ: އައިއެމްއެފް
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ